އިސްލާމާއި ޤުރުއާން ފޮތްތައް މުރާޖާކުރަން ކޮންމެ ގުރޭޑަކަށް ތިން މެންބަރުންގެ ޓީމެއް

އެޑިއުކޭޝަން މިނިސްޓްރީ
ހިރިޔާ ސްކޫލްގެ ދަރިވަރުން ސްކޫލްގައި ނަމާދު ކުރަނީ: ޤުރުއާން މާއްދާގެ ދަރިވަރުންގެ ފޮތާއި އިސްލާމްފޮތް ދަރިވަރުންގެ އަތުން އަތުލައި، ކުށް އިސްލާހު ކުރަން ވަނީ ސްކޫލްތކަށް އަންގާފައި

‏ދަރިވަރުންނަށް ކިޔަވައިދިނުމަށް ތައްޔާރުކޮށްފައިވާ ހުރިހާ ކީ ސްޓޭޖްތަކެއްގެ އިސްލާމާއި ޤުރްއާން ފޮތްތައް އަލުން ބަލައި ޕްރޫފްރީޑް ކުރުމުގެ މަސައްކަތް ކުރުމަށް މިނިވަން ކޮމެޓީއެއް އެކުލަވާލައި، މި ކޮމެޓީގެ މަސައްކަތް ފެށައިފިއެވެ.
‏ ‏މި ކޮމެޓީ އެކުލަވާލާފައިވަނީ ކޮންމެ ގްރޭޑަކަށް 3 މެންބަރުންގެ މައްޗަށް އެކުލެވޭ ޓީމެއް ހިމެނޭގޮތަށެވެ. މި ޓީމް ތަކުގެ މަސައްކަތް އަންނަ ހަފްތާގެ ނިޔަލަށް ނިންމައި ކޮންމެ ޓީމަކުންވެސް، ފޮތްތަކުގައި ހުރި ކުށްތައް ފާހަގަކޮށް ތަފްޞީލް ރިޕޯޓެއް އެކުލަވާލައި މިނިސްޓްރީއާއި ހަވާލުކުރަން ވަނީ އެޑިއުކޭޝަން މިނިސްްޓްރީން އަންގާފައެވެ.

އިސްލާމް އަދި ޤުރްއާންފޮތްތަކުގައި ކުށް ހުރިކަން ފާހަގަވެފައި ވަނީ މިދިޔަ ހަފުތާ ތެރޭގައެވެ. ޤުރުއާނުގެ އާޔަތްތައް ނުބައިކޮށް ލިޔެވިފައި ވަނީ ގުރޭޑް އެކެއްގެ ޤުރުއާން ފޮތުގައާއި ގުރޭޑް ބާރައިގެ އިސްލާމް ފޮތުގައެވެ.

އެންއައިއީ އިން ވަނީ ކުށްހުރި ފޮތްތައް ދަރިވަރުންގެ އަތުން އަތުލައި، ކުށް އިސްލާހު ކުރުމަށްފަހު އަލުން ދިނުމަށް ސްކޫލްތަކަށް އަންގާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *