އެމްއެންޔޫއެސްޔޫގެ ކޮމިއުނިޓީ ދަތުރު މި ފަހަރު ހުރާގައި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެނ.ޔޫއެސްޔޫ)ގެ ކޮމިއުނިޓީ ދަތުރުގައި މި އަހަރު ދިޔައީ މާލެ އަތޮޅު ހުރައަށެވެ.

މި ދަތުރުގައި މި އަހަރު ދިޔައީ ދެ އަހަރު އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ.

މި ދަތުރުގައި ޔޫނިއަންގެ 93 އިސްވާރުން ބައިވެރިވެފައިވާއިރު، ގިނަ އިޖްތިމާއީ ހަރަކާތްތަކެއް ދަތުރުގެ ތެރެއިން ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން، ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން އެންޓި-ސްކޭމް އެވެއާނެސް ހަރަކާތެއް ކުރިއަށް ގެންގޮސްފައިވާއިރު، މައުލޫމާތު ދިނުމުގެ ގޮތުން ލީފްލެޓްތައްވެސް ވަނީ ބަހާފައެވެ.

މީގެއިތުރުން، ދަތުރުގެ ބައިވެރިންގެ ތެރެއިން ފެކަލްޓީ އޮފް ހެލްތު ސައިންސަސް، ސްކޫލް އޮފް ނާސިންގ އަދި ސްކޫލް އޮފް މެޑިސިންގެ ދަރިވަރުން ވަނީ ކޮމިއުނިޓީ ހެލްތު ސްކްރީނިންގ ހަރަކާތެއް އާންމުންނަށް ހުޅުވާލައިގެން ބާއްވާފައެވެ.

މީގެއިތުރުން ގޭގަ އެނދުމަތިވެފައިވާ، ދިގު މުއްދަތަށް ފަރުވާ ކުރާ ފަރާތްތަށް ރަށު ކައުންސިލުން ސާފުކޮށް މި ފަރާތަކަށް ޔޫނިއަންގެ އިސްވާރުން ވަނީ ޒިޔާރަތް ކޮށްފައިވެއެވެ.

މި ދަތުރުގެ ތެރެއިން އިސްވާރުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ކުޅިވަރު ހަރަކާތްތައްވެސް ކުރިއަށް ގެންގޮސްފައިވާއިރު، ދަރިވަރުންނަށް އިޖުތިމާއީ ހުނަރުތައް ދަސްކޮށްދިނުމުގެ ހަރަކާތްތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ދެ އަހަރުގެ މެދުކެނޑުމަކަށްފަހު މި ދަތުރު ޔޫނިއަނުން ކޮށްފައިވަނީ ހުރާ ކައުންސިލާއި، ހުރާ ސްކޫލާއި، ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާ އަދި އެމް.ޓީ.ސީ.ސީގެ އެހީތެރިކަމާއެކުގައެވެ.

މި ދަތުރު ކާމިޔާބު ދަތުރެއްގެ ގޮތުގައި ނިމިގެން ގޮސްފައިވާއިރު، މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ޔޫނިއަންގެ އިސްވާރުންނަށް ޔޫނިއަނުން އަންނަނީ އަބަދުވެސް ފޯރުކޮށްދެމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *