ކޮރެއާގައި މާސްޓަރސްއަށް ކިޔަވަން ފަސް ސްކޮލަރޝިޕަށް ހުޅުވާލައިފި

ކޮރެއާ އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖަންސީ (ކޮއިކާ) އިންދޭ ފަސް ސްކޮލަރޝިޕަށް ހުޅުވާލައިފިއެވެ.

ކޮއިކާ ފެލޯޝިޕް ޕްރޮގްރާމުގެ ދަށުން ހުޅުވާލީ:

  • މާރސްޓަރސް ޑިގްރީ ޕްރޮގްރާމް އިން ޖެންޑަރ އީކުއަލިޓީ، އެވްހާ ވޮމެންސް ޔުނިވާރސިޓީ
  • މާސްޓަރސް ޑިގްރީ ޕްރޮގްރާމް އިން ސްމާރޓް ސިޓީ މެނޭޖްމަންޓް އެންޑް ޓެކްނޮލޮޖީ، ހަންޔަންގ ޔުނިވާރސިޓީ
  • މާސްޓަރސް ޑިގްރީ ޕްރޮގްރާމް އިން ގްލޯބަލް އެޑިއުކޭޝަން ލީޑަރޝިޕް، ކޮރެއާ ނެޝަނަލް ޔުނިވާރސިޓީ އޮފް އެޑިއުކޭޝަން
  • މާސްޓަރސް ޑިގްރީ ޕްރޮގްރާމް އިން ޓެކްސް އެން ފީސަލް ޕޮލިސީ، ކޮރެއާ ޔުނިވާރސިޓީ
  • މާސްޓަރސް ޑިގްރީ އިން ޕަބްލިކް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޓިވް ރިފޯރމް، ސެއޯލް ނެޝަނަލް ނުނިވާރސިޓީ

މި ކޯސްތަކުގެ ޝަރުޓެއް ކަމަށް ކަނޑައަޅާފައިވާ ޝަރުޠުތަކުގެ ތެރޭގައި ބުނެފައިވާ ގޮތުގައި، ހުށަހަޅާ ކޯހަކާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއި 40 އަހަރު ފުރިފައިނުވުމާއި ސަރުކާރު އިދާރާއެއްގައި ވަޒީފާ އަދާކުރާ ފަރާތެއްކަމުގައި ވެގެން ނުވާނެއެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނިގޮތުގައި، މިނިސްޓްރީއަށް އެޕްލައިކުރާ ކެންޑިޑޭޓުންގެ ތެރެއިން ކޮންމެ ޕްރޮގްރާމަކަށް 4 ކެންޑިޑޭޓުން ނޮމިނޭޓް ކުރެވޭނެއެވެ. އަދި އެކެންޑިޑޭޓުންގެ އެޕްލިކޭޝަންތައް ކަމާބެހޭ ފަރާތަށް ހުށަހެޅޭނެއެވެ. މިސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަން ހައްދަވާނީ ސްކޮލަރޝިޕް އިންތިޒާމްކުރާ ފަރާތުންނެވެ.

އެޕްލިކޭޝަން ފޯމާއި، އެހެނިހެން ސަޕޯރޓިންގ ޑޮކިއުމެންޓްގެ ކޮޕީ 26 ނޮވެމްބަރ 2025 ވަނަ ދުވަހުގެ 12:00 ގެ ކުރިން ގެ ކުރިން މަތީ ތަޢުލީމާ ބެހޭ ވުޒާރާއަށް ހުށަހަޅަން ޖެހެއެވެ.

ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ފަރާތްތަކަށް މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭއިރު، އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެ ކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *