ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު ލަތީފު ޖަލާލުއްދީން ސްކޫލުގެ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކުލާސްރޫމަށް ތަކެތި ހަދިޔާކުރަށްވައިފިއެވެ. ސެން ކުލާހަށް އޭނާ ހަދިޔާ ކޮށްދެއްވި ތަކެތީގެ އަގު 98،000 ރުފިޔާއަށް އަރައެވެ.
ޖަލާލުއްދީން ސުކޫލުގެ ޕްރިންސިޕަލް އައިމިނަތު މުޙަންމަދު ވިދާޅުވީ 2019 ވަނަ އަހަރު، ޕްރައިމަރީ ގުރޭޑުތަކަށް ކިޔަވައިދޭން ފެށުމާއެކު ހާއްސަ އެހީއަށް ބޭނުންވާ ކުދިން ނިސްބަތުން ގިނަ ކަމަށް ފާހަގަކުރެވުނުކަމަށެވެ. އެފަދަ ކުދިންނަށް ކިޔަވައިދޭނެ ވަކި ކުލާހެއް ހަމަޖައްސައި ދެ މުދައްރިސުންނާއިއެކު ކިޔަވައިދިނުމުގެ މަސައްކަތްތަށް އަމަލީ ގޮތުން ފަށައިގަނެވުނު ކަމަށެވެ.
އަދި އެކުލާސްފެށީ ކުރިން އަމީރް އަމީން ސްކޫލުގައި ބޭނުން ކުރެވުނު ބައެއް ސާމާނުތައް ހޯދައިގެންނެވެ.
" އަޅުގަނޑުމެން ސިޓީ ކައުންސިލާއި ޔާސިރުގެ ފަރާތުން އެހީއަކަށް އެދުނިން. އެގޮތުން ޔާސިރު ދެއްވި ދީލަތި އެހީގެ ސަބަބުން އަޅުގަނޑުމެންގެ ދަރިވަރުންނަށް ކުރިއެރުންތަކެއް ލިބިގެންދާނެ" އައިމިނަތު ވިދާޅުވިއެވެ.
މެންބަރު ޔާސިރު ސެން ކްލާހަށް ހަދިޔާކޮށްދެއްވި ތަކެތީގެ ތެރޭގައި ހިމެނެނީ ޕްރިންޓަރަކާއި ލެމިނޭޓަރަކާއި، ހަތަރު ކޮމްޕިއުޓަރ ސިސްޓަމާއި، ހަތަރު ވޯކް ސްޓޭޝަން، ޓްރަމްޕޮލިން، ޕްލޭ މެޓް، ތެރަޕީ ބޯލް އަދި ޑަސްބިން ހިމެނެއެވެ.
މިފަދަ ކަންކަމުގައި މެމްބަރު ޔާސިރުގެ ދީލަތި އެހީތަށް ލިބެމުން އަންނަ ކަމަށް ޕްރިންސިޕަލްވަނީ ފާހަގަކުރަށްވާފައެވެ
advertisment
ހިޔާލު