ހިޔާ ފްލެޓްގައި އުޅޭ ދަރިވަރުން ސްކޫލްތަކަށް ދެވޭނެ އިންތިޒާމް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސަނީ
ހިޔާ ފްލެޓްގައި އުޅޭ ދަރިވަރުން ސްކޫލްތަކަށް ދެވޭނެ އިންތިޒާމް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖެއްސުމުގެ މަސައްކަތް ފަށައިފިއެވެ.
ހިޔާ ފުލެޓްތަކުގައި ދިރިއުޅޭނެ ދަރިވަރުންނަށް ސްކޫލްތަކަށް ދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން މާލޭގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް ހިޔާ ފުލެޓްތަކަށް ދެވޭނެ ގޮތް ހަމަޖެއްސުމުގެ ގޮތުން އެކަމަށް އެދޭ ބެލެނިވެރިން ފޯމެއް ހުށަހެޅުމަށް ސްކޫލްތަކުން ވަނީ ބެލެނިވެރިންނަށް އަންގާފައެވެ. މި ފޯމް ފުރުމަށްފަހު މާދަމާ މެންދުރު އެކެއް ޖެހުމުގެ ކުރިން ގޫގުލް ފޯމް މެދުވެރިކޮށް ހުށަހެޅުމަށްވެސް ސްކޫލްތަކުން ބެލެނިވެރިންނަށް އަންގާފައިވެއެވެ.
ހިޔާފުލެޓަށް ބަދަލުވުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ ސްކޫލެއް އިމާރާތް ކުރަން މިހާރު ވަނީ ބަޔަކާ ހަވާލުކޮށްފައެވެ. އަދި އިތުރު ސްކޫލްތަކެއް އިމާރާތް ކުރުމަށް ވެސް ދަނީ ތައްތާރު ވަމުންނެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުޅުވާނެ ފުރަތަމަ ސްކޫލަކީ ޞަލާހުއްދީން ސްކޫލެވެ. އެ ސްކޫލްގެ މަސައްކަތް 118 މިލިއަން ރުފިޔާއަށް ކުރަމުން އަންނަނީ އަމީން ކޮންސްޓްރަކްޝަނުންނެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 14 ސްކޫލެއް އިމާރާތް ކުރަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޕްލޭން ކޮށްފައެވެ. މީގެ ތެރޭގައި އިންޓަރނޭޝަނަލް ސްކޫލްތަކާއި ޕްރީސްކޫލްތަކުގެ އިތުރުން ސެކަންޑަރީ ސްކޫލްތައް ހިމެނެއެވެ.
advertisment
ހިޔާލު