ތަފުޞީލުތައް ފަސޭހައިން ބަލާލެވޭ ގޮތަށް ދިރާސީ ކަލަންޑަރު ޑިޖިޓަލައިޒްކޮށްފި

ތަފުޞީލުތައް ފަސޭހައިން ބަލާލެވޭ ގޮތަށް ދިރާސީ ކަލަންޑަރު ޑިޖިޓަލައިޒްކޮށް އެޑިޔުކޭޝަން މިނިސްޓްރީގެ ވެބްސައިޓްގައި ހިމަނައިފިއެވެ. ދިރާސީ އަހަރުގެ ކަލަންޑަރު އެޑިޔުކޭޝަން މިނިސްޓްރީގެ ވެބްސައިޓްގައި ކުރިން ހިމަނަމުން އައީ ޕީޑީއެފް ފޯމެޓްގައެވެ.

ދިރާސީ އަހަރުގެ ކަލަންޑަރު ޑިޖިޓަލައިޒްކޮށް ފަރުމާކޮށްފައި ވަނީ ސްކޫލް ދުވަސްތަކާއި ސްކޫލް ބަންދު ދުވަސްތަކާއި އިމްތިޙާނު ދުވަސްތަކުގެ އިތުރުން ރަސްމީ ބަންދު ދުވަސްތައް ވެސް ވަކިން އެނގެނޭ ގޮތަށެވެ. ކޮންމެ މަހެއްގައި ހިމެނޭ މުހިންމު ދުވަސްތަކާއި ބަންދު ދުވަސްތައް ވަކިން ފާހަގަކޮށްފައިވެއެވެ. އަދި އައުޓްލުކް ކަލަންޑަރާއި ގޫގުލް ކަލަންޑަރަށް ވެސް މިހާރު ދިރާސީ ކަލަންޑަރު ފަސޭހައިން އެޑް ކޮށްލެވެއެވެ. 2026 ވަނަ އަހަރުގެ ފައިނަލް ކަލަންޑަރު މިހާރު އެޑިޔުކޭޝަން މިނިސްޓްރީގެ ވެބްސައިޓްގައި ވަނީ ހިމަނާފައެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ވެބްސައިޓް ޒަމާނީކޮށް، ފަސޭހައިން ގިނަ މައުލޫމާތު ލިބޭގޮތަށް ބަދަލުކުރީ ދާދި ފަހުންނެވެ.

ދިރާސީ އައު އަހަރުގެ ކަލަންޑަރުގައިވާ ގޮތުން 2026 ވަނަ އަހަރުގެ ކިޔެވުން ފަށާނީ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. ފުރަތަމަ ޓާމުގެ ކިޔެވުން ކުރިއަށް ދާނީ 25 ޖެނުއަރީން  16 ޖުލައިއަށެވެ. ދެވަނަ ޓާމު ކުރިއަށް ދާނީ 2026 ވަނަ އަހަރުގެ  އޯގަސްޓު މަހު 2ން  17ޑިސެމްބަރަށެވެ. ދިރާސީ އައު އަހަރު 199 ދުވަސް ސްކޫލު ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *