ފަސް ދާއިރާއަކުން މާސްޓަރސްއަށް ކިޔަވަން ކޮރެއާއިންދޭ ސްކޮލަރޝިޕަށް ހުޅުވާލައިފި

ކޮރެއާ އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖަންސީ (ކޮއިކާ) އިން ދޭ ސްކޮލަރޝިޕަށް ހުޅުވާލައިފިއެވެ. ކޮއިކާއިން ދެނީ ފަސް ދާއިރާއަކުން މާސްޓަރސްއަށް ކިޔެވުމުގެ ފަސް ސްކޮލަރޝިޕެވެ.

ކޮއިކާ ސްކޮލަރޝިޕްގައި ހިމެނެނީ:

1- މާރސްޓަރސް ޑިގްރީ ޕްރޮގްރާމް އިން ޖެންޑަރ އީކުއަލިޓީ، އެވްހާ ވޮމެންސް ޔުނިވާރސިޓީ

2- މާސްޓަރސް ޑިގްރީ ޕްރޮގްރާމް އިން ސްމާރޓް ސިޓީ މެނޭޖްމަންޓް އެންޑް ޓެކްނޮލޮޖީ، ހަންޔަންގ ޔުނިވާރސިޓީ

3- މާސްޓަރސް ޑިގްރީ ޕްރޮގްރާމް އިން ގްލޯބަލް އެޑިއުކޭޝަން ލީޑަރޝިޕް، ކޮރެއާ ނެޝަނަލް ޔުނިވާރސިޓީ އޮފް އެޑިއުކޭޝަން

4- މާސްޓަރސް ޑިގްރީ ޕްރޮގްރާމް އިން ޓެކްސް އެން ފީސަލް ޕޮލިސީ، ކޮރެއާ ޔުނިވާރސިޓީ

5- މާސްޓަރސް ޑިގްރީ އިން ޕަބްލިކް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޓިވް ރިފޯރމް، ސެއޯލް ނެޝަނަލް ނުނިވާރސިޓީ

މި ކޯސްތަކަށް ކުރިމަތި ލެވޭނީ ހުށަހަޅާ ކޯހަކާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއި އެޕްރިލް 2026 އަށް 35 އަހަރު ނުވާ ފަރާތްތަކަށެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، އެޕްލައިކުރާ ކެންޑިޑޭޓުންގެ ތެރެއިން ކޮންމެ ޕްރޮގްރާމަކަށް 4 ކެންޑިޑޭޓުން ނޮމިނޭޓް ކުރާނެ ކަމަށާއި ފައިނަލް ސިލެކްޝަން ހައްދަވާނީ ސްކޮލަރޝިޕް އިންތިޒާމްކުރައްވާ ފަރާތުން ކަމަށެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅާ ކެންޑިޑޭޓުން އެޕްލިކޭޝަން ފޯމާއި، އެހެނިހެން ސަޕޯރޓިންގ ޑޮކިއުމެންޓްގެ ކޮޕީ 18 ނޮވެމްބަރ 2025 ވަނަ ދުވަހުގެ 12:00 ގެ ކުރިން ގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަން އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވެއެވެ. އޮންލައިން އެޕްލިކޭޝަން ހުށައަޅަން ޖެހޭނީ 17 ނޮވެމްބަރ 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިންނެވެ.

ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ފަރާތްތަކަށް މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށާއި އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ވެސް ނުކުރެވޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *