އަށް އަހަރުގެ އާލިޔާއަށް ޖޫނިއާ އަންހެން ސާފިން ޗެމްޕިއަންކަން

އަށް އަހަރުގެ އާލިޔާ ލަތީފު  ނެޝަނަލް ޖޫނިއާ އަންހެން ސާފިން ޗެމްޕިއަންކަން ހޯދައިފިއެވެ.

އަލަށް ބޭއްވި ޖޫނިއާ އަންހެން ސާފިން ކެޓަގަރީގައި ހަ ރާޅާއެޅުންތެރިން ވާދަކުރިއެވެ.

އާލިޔާ ޗެމްޕިއަންކަން ހޯދީ 18 އަހަރުން ދަށުގެ ފައިނަލް ހީޓުގައި ހަ ރާޅެއް އަޅައި، އޭގެ ތެރެއިން ދެ ރާޅުން 10.23 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނަ ރާޅުން 4.23 ޕޮއިންޓް ލިބުނުއިރު ހަ ވަނަ ރާޅުން 6.00 ޕޮއިންޓް އާލިޔާއަށް ލިބުނެވެ.

ޖޫނިއާ އަންހެން ސާފިން ޗެމްޕިއަންޝިޕްގައި ދެވަނައަށް ދިޔައީ 7.67 ޕޮއިންޓް ހޯދައިގެން އައިޝާ ތާރާ ވާސިފެވެ. ތިންވަނައަށް ތިންވަނައަށް ދިޔަ އަލައިކާ އަބްދުލް އަލީމަށް ލިބުނީ 3.86 ޕޮއިންޓެވެ.

 

ފިރިހެން 18 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ 13.67 ޕޮއިންޓް ހޯދި ޔަސީން އަހުމަދު ނާޝިދެވެ. ސޯޅަ އަހަރުން ދަށުގެ ޗެމްޕިއަންކަން މިއަހަރު ހޯދީ ޔޫސުފް ކަޔާން ހަމްދާން ޒަކީ (ކައި ޒަކީ)އެވެ. 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ 11.33 ޕޮއިންޓް ހޯދި ހުސެއިން އަޒާން އިސްމާއިލެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *