ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު އެމްއެންޔޫގެ ކޯސްތަކުން އެއްވަނަ ހޯދި ހަ ދަރިވަރަކަށް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފުރަތަމަ ސެމެސްޓަރގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ރޭ ވަނީ ނިންމާލާފައެވެ. ތިން ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ފުރަތަމަ ޑިގްރީން ފެށިގެން މަތީ ކޯސްތަކުން ދަސްވެނިވި 307 ދަރިވަރުންނަށް ސަނަދު ދީފައިވެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ދޭ ޝަރަފުގެ އެވޯޑަކީ ޑިގްރީއަށްވުރެ މަތީ ލެވެލްގެ ކޯސްތަކުން އެއްވެސް މާއްދާއަކުން ފެއިލްނުވެ ސީޖީޕީއޭ ޕޮއިންޓް އެވްރެޖް 3.5 ނުވަތަ އަށްވުރެ މަތިން ލިބޭ ދަރިވަރުންނަށް ދޭ އެވޯޑެކެވެ. އަދި ރައީސުލްޖުމްޙޫރިއްޔާ ދެއްވާ އިނާމަކީ ކޯސްތަކުން އެއްވަނަ ހޯދާ ދަރިވަރުންނަށް ދެވޭ އިނާމެކެވެ.

ފުރަތަމަ ސެމެސްޓަރގައި ހަ ދަރިވަރަކަށް އިނާމު ލިބެއެވެ. އެއީ،

1- އައިޝަތު ޖަންނަތު- ބެޗްލަރސް އޮފް ޓީޗިންގ ސެކަންޑްރީ

2- އިއްފަތު އަބްދުﷲ-  މާސްޓަރސް އޮފް އެޑިޔުކޭޝަން

3- އައިޝަތު ޝަމްޢާ – ޕޯސްޓް ގުރެޖުއޭޓް ޑިޕްލޮމާއިން އެޑިޔުކޭޝަން

4- ރަޝްނާން މުޙައްމަދު ޝިހާބު – ބެޗްލަރ އޮފް ކޮމްޕިއުޓަރ ސްޓަޑީޒް

5- އައިޝަތު ޝަޖާހާ – ބެޗްލަރ އޮފް އިސްލާމިކް ސްޓަޑީޒް

6-އަހްމަދު ރާއީ އިމްތިޔާޒު-  މާސްޓަރ އޮފް ލޯ

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *