އައްޑޫ ސިޓީ ހިތަދޫ ސްކޫލުގެ ޕްރިންސިޕަލް ޑރ. އާސިޔަތު މުޙައްމަދު ދީދީ އިސްތިއުފާދެއްވައިފިއެވެ.
އޭނާ އިސްތިއުފާ ދެއްވީ، 11 އަހަރު ހިތަދޫ ސްކޫލުގެ ޕްރިންސިޕަލެއްގެ ގޮތުން މަސައްކަތް ކުރެއްވުމަށްފަހުއެވެ.
ޑރ. އާސިޔަތު ވިދާޅުވީ، ތަޢުލީމީ ދާއިރާއިން ދުރަށް ދާން ނިންމުމަކީ އުނދަގޫ ނިންމުމެއް ނަމަވެސް ވަކި ހިސާބަކުން ބަދަލެއް ގެނައުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އާސިޔަތު ދެން މަސައްކަތް ކުރައްވާނީ އައްޑޫގައި ހުންނަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ)ގެ އެޑްމިނިސްޓްރޭޓިވް ޑިރެކްޓަރެއްގެ ގޮތުންނެވެ.
"މިއީ، ވަރަށް ގިނަ ގޮތްގޮތުން ވިސްނެވުމަށްފަހު ނިންމި ޕްރޮފެޝަނަލް ނިންމުމެއް" ޑރ. އާސިޔަތު ވިދާޅުވިއެވެ.
ޕްރިންސިޕަލަކަށް ވަޑައިގެންނެވުމުގެ ކުރިން ޑެޕިއުޓީ ޕްރިންސިޕަލެއްގެ ގޮތުން ދެ އަހަރު ދުވަހު އެ ސްކޫލުގައި ޑރ. އާސިޔަތު މަސައްކަތް ކުރައްވާފައިވެއެވެ.

advertisment
ހިޔާލު