ޑިޖިޓްއޭޝިއާގެ ދެވަނަ ޕްރޮޖެކްޓަށް ތައްޔާރު ވުމަށް ވޯކްޝޮޕްތަކެއް އެމްއެންޔޫގައި ފަށައިފި

ޑިޖިޓްއޭޝިއާގެ ދެވަނަ ޕްރޮޖެކްޓަށް ތައްޔާރު ވުމުގެ ގޮތުން ވޯކްޝޮޕްތަކެއް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި މިއަދު ފަށައިފިއެވެ.

ޑިޖިޓްއޭޝިއާ ޕްރޮޖެކްޓްގައި ރާއްޖެއިން ލީޑްކުރަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީންނެވެ. ދެން ރާއްޖެއިން ބައިވެރިވަނީ ވިލާ ކޮލެޖްގެ އިތުރުން ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީންނެވެ.

މަތީ ތަޢުލީމަށް ޑިޓިޓަލް ބޮޑު ބަދަލެއް ގެނުވައިދޭނެ ޑިޖިޓް އޭޝިއާ ޕްރޮޖެކްޓް ރާއްޖޭގައި ލޯންޗް ކުރީ މި އަހަރުގެ ފެބުރުވަރީ މަހުގެ 25 ވަނަ ދުވަހުއެވެ.

މި ޕްރޮޖެކްޓްގައި ރާއްޖޭގެ އިތުރުން ކްރޮއޭޝިޔާއާއި ސްޕެއިނާއި ސްރީލަންކާ އާއި މެލޭޝިއާގެ ގުނިވަރސިޓީތައް ހިމެނެއެވެ.

ޑިޖިޓްއޭޝިއާ ވޯކްޝޮޕް ފެށީ ކްރޮއޭޝިއާގެ ޔުނިވަރސިޓީ އޮފް ޒަގްރެބްގެ ޕްރޮޖެކްޓް ކޯޑިނޭޓަރ ޕްރޮފެސަރ އިގޯރް ބާލަބާންގެ މަޢުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަނަކުންނެވެ. ޕްރޮފެސަރ އިގޯރް ވަނީ އެކި ވޯކް ޕެކޭޖްތަކުގައި ޕްރޮޖެކްޓް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މައުލޫމާތު ދެއްވާފައެވެ.

ޑިޖިޓަސީއާގެ އަމާޒަކީ މަތީ ތައުލީމުގައި ޑިޖިޓަލް ގާބިލްކަން އިތުރުކުރުމަށް ހާއްސަ ޓީޗަރުން ތަމްރީނު ކުރުމާއި، ކަރިކިއުލަމް އިނޮވޭޝަން އަދި ކޮލަބްރޭޓިވް ޕައިލެޓް ޕްރޮޖެކްޓްތައް މެދުވެރިކޮށް ޓީޗަރުންނާއި އިންސްޓިޓިއުޝަންތައް ބާރުވެރިކުރުވުމެވެ. ތިން ދުވަހަށް ދެމިގެންދާ މި ވޯކްޝޮޕްތައް ކުރިއަށް ގެންދަނީ، ޓީޗަރުން ތަމްރީނު ކުރުމުގެ ޕައިލެޓް ޕްރޮގްރާމް ފުރިހަމަކޮށް، ޕާޓްނަރުންގެ ޔުނިވާސިޓީތަކުގައި ޕައިލެޓް އިމްޕްލިމެންޓޭޝަންގެ އާ މަރުހަލާއަށް ތައްޔާރުވުމުގެ ގޮތުންނެވެ.

މި މަޝްރޫޢުގައި ހިމެނެނީ ހަތަރު މަޤްޞަދެވެ. އެއީ ދަރިވަރުންނަށް ބަރޯސާވެގެން ތައްޔާރު ކުރެވޭ ހައިބްރިޑް ކޯސްތައް ފަރުމާކުރުމާއި ސުމޭކު އުފެއްދުންތެރިކަމާ އެކު އުނގެނުން ފަހިކޮށްދޭނެ ގޮތްތަކަށް އެހީތެރިވާނޭ ޓޫލްކިޓެއް
ތައްޔާރުކުމާއި ސުމޭކު އުފެއްދުންތެރިކަމާ އެކު އީޖާދީ ގޮތްތަކާ އެކު އަލުން ފަރުމާކޮށް އެކުލަވާލެވޭ ކޯސްތައް ޕައިލެޓްކުރުމާއި ބައިވެރިވާ މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކުރުމާއި ސަރަޙައްދީ އެއްބާރުލުން ކުރިއެރުވުމެވެ.
ތިން އަހަރު ދުވަހަށް ކުރިއަށްދާ މި މަޝްރޫޢަކީ ވަރަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ މަޝްރޫޢެކެވެ. މިގޮތުން މިއީ ދުނިޔޭގެ ހުޅަގާއި ދެކުނު ގުޅުވައިދޭ މަޝްރޫއަކަށް ވެގެންދާނެއެވެ.

ޑިޖިޓާސިއާ ކޮންސޯޓިއަމުން، ސަރަހައްދީ ގުޅުންތައް ގާއިމްކޮށް ޔުނިވާސިޓީތައް ޑިޖިޓަލް ޒަމާނަށް އިޖާދީ ޓީޗިން މެތަޑްތައް ބަލައިގަނެ، އިންސްޓިޓިއުޝަނަލް ކެޕޭސިޓީ ވަރުގަދަ ކުރުމަށް އެހީތެރިވެދޭނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *