ހިންނަވަރުގައި އެމްއެންޔޫގެ ކެމްޕަސް އަޅަން އާރުޑީސީއަަށް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ކެމްޕަހެއް ހިންނަވަރުގައި އިމާރާތް ކުރުމުގެ މަސައްކަތް ރޯޑް ޑިވްލޮޕްމަންޓު ކޯޕަރޭޝަން، އާރްޑީސީއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ މަސައްކަތް ކުރުމަށް އާރްޑީސީއާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިންނަވަރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިންނެވެ.

މި އެއްބަސްވުމުގައި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ. އަދި އެމްއެންޔޫއިން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމްއެވެ.

މަތީ ތައުލީމުގެ ފުރުޞަތުތައް އަތޮޅު ތެރޭގެ ރަށްތަކަށް ފުޅާކުރުމަށް ކުރަމުންދާ މަޝްރޫއުގެ ދަށުން ކޮންމެ އަތޮޅެއްގައި ވެސް ޔުނިވަރސިޓީގެ ކެމްޕަހެއް ޤާއިމް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *