އއ. އަތޮޅު ތައުލީމީ މަރުކަޒާއި ދިވެހިބަހުގެ އެކެޑަމީ ގުޅިގެން، ދިވެހި ޅެންވެރިކަމުގެ އަސާސީ ހުނަރު ދަސްކޮށްދޭ ކޯހެއް އއ.އަތޮޅުތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ކުރިއަށް ގެންގޮސްފިއެވެ. މި މަހުގެ 25 އިން 26ށް ހިންގި މި ކޯހުގައި އއ.އަތޮޅު ތައުލީމީ މަރުކަޒުގެ 32 ދަރިވަރުން ބައިވެރިވިއެވެ.

މި ކޯހުގައި ދިވެހި ޅެންވެރިކަމުގެ ފެށުން އައި ގޮތާއި ޅެންވެރިކަމުގެ ބާވަތްތަކާއި ތަފާތު ވަޒަންތަކާއި ފިލިކޯޅިއާއި ބަނޑުވައް އަކުރާއި ކާފިޔާ ހަމަކޮށް ޅެން ހަދާނެ ގޮތުގެ މައުލޫމާތާއި ތަމްރީނު ދެވުނެވެ.

މި ކޯހުގައި ކިޔަވައިދެއްވީ، މީގެ ކުރިން ވެސް މިފަދަ ގިނަ ކޯސްތަކެއް ހިންގަވާފައިވާ، ދިވެހި ޅެންވެރިކަމާއި ވާހަކަދެއްކުންތެރިކަމުގެ ރޮނގުން އާންމު ޚިދުމަތުގެ ހިތްވަރު ދިނުނުގެ އިނާމާއި ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ އަލްފާޟިލް ޙަސަން ޝާކިރު މުޙައްމަދެވެ.
advertisment
ހިޔާލު