ތައިވާނުގެ ޓައިޕޭގައި ބޭއްވުނު 11 ވަނަ އޭޝިއ-ާޕެސިފިކް ސްކައުޓް ޔޫތު ފޯރަމްގައި ދިވެހިރާއްޖޭގެ ސްކައުޓު އެސޯސިއޭޝަންގެ ފަރާތުން އޭޝިއ-ާޕެސިފިކް ރީޖަނަލް ޔޫތް ރެޕްރެޒެންޓެޓިވް ކަމަށް ވާދަކުރި ފާތިމަތު އިބާ ނާޒިމ،ް އެ މަޤާމަށް އިންތިޙާބުކުރާ 8 ފަރާތުގެ ތެރޭގައި ހިމެނިއްޖެއެވެ.

މި އިންތިޙާބު ކުރިއަށް ގެންގޮސްފައިވަނީ ޓައިވާނުގެ ޓައިޕޭގައި ކުރިއަށްދިޔަ 11 ވަނަ އޭޝިއ-ާ ޕެސިފިކް ސްކައުޓު ޔުތު ފޯރަމްގައެވެ. މިއީ ދިވެހިރާއްޖެގެ ފަރާތުން މި މަޤާމަށް އަންހެނަކު ވާދަކުރި ފުރަތަމަ ފަހަރެވެ. ރީޖަނަލް ޔުތު ރެޕްރެޒެންޓެޓިވުންނަކީ އޭޝިއ-ާޕެސިފިކް ސަރަޙައްދުގެ ޤައުމީ ސްކައުޓް ޖަމްޢިއްޔާތަކުން ވާދަކުރާ ޒުވާނުންގެ ތެރެއިން އިންތިޚާބުކުރެވޭ 8 ޒުވާނުންގެ ގުރޫޕެކެވެ. އެމީހުންގެ ދައުރަކީ ސަރަޙައްދީ ނިންމުންތައް ނިންމުމުގައި ޒުވާނުންގެ އަޑު އުފުލުމާއ،ި އޭޝިއ-ާޕެސިފިކް ރީޖަނަލް ސްކައުޓް ކޮމިޓީ (އ.ޭޕ.ީއާރ.ްއެސ.ްސީ) ގެ އެކި ސަބް ކޮމިޓީތަކުގެ މެމްބަރުންގެ ގޮތުގައި ޚިދުމަތްކުރުމާއ،ި ސަރަޙައްދީ ސްޓްރެޓެޖީތަކާއ،ި ސިޔާސަތުތަކުގައި ޒުވާނުންގެ ވިސްނުން ހިމެނިފައިވާކަން ކަށަވަރުކުރުމެވެ.
އިބާ އަކީ ދިވެހިރާއްޖޭގެ ސްކައުޓް ޖަމްޢިއްޔާގެ ސްކައުޓް ޔޫތު ކައުންސިލްގެ ނައިބު ރައީސްއެވ.ެ އަދި ނޭޝަނަލް އެގްޒެކެޓިވް ކޮމިޓީގައިވެސް ފާތިމަތު އިބާ ނާޒިމް ދަނީ ހަރަކާތްތެރިވަމުންނެވ.ެ މީގެއިތުރުނ،ް ފާތިމަތު އިބާއަކީ
މުޙްޔިއްދީން ރޯވަރ ކްރޫގެ ކްރޫ ލީޑަރުވެސްމެއެވެ. ތިމާވެށި ރައްކާތެރިކުރުމަށް ޝައުޤުވެރިކަން ބޮޑު އިބާ ވަނީ މުރަކަ ކުދިން ޕްރޮޖެކްޓް ވުޖޫދުވުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވ.ެ އެއީ މުޙްޔިއްދީން ސްކޫލުގެ ސްކައުޓުން އިސްނަގައިގެން ވިލިމާލޭގައި ހިންގާ ފަރު އާލާކުރުމުގެ ޕްރޮޖެކްޓެކެވ.ެ އަދި މި މަޝްރޫޢު އަށް ވަނީ ބައިނަލްއަޤްވާމީ ސަމާލުކަން ލިބިފައެވ.ެ މީގެއިތުރުނ،ް ފާ ތިމަތު އިބާއަކީ ބައިނަލްއަޤްވާމީ އެކި ހަރަކާތްތަކުގައިވެސް ރާއްޖެ ތަމްސީލުކޮށްފައިވާ ފަރާތެކެވ.ެ މިގޮތުނ،ް ވޯލްޑް ސްކައުޓް ޖަމްބަރީ ފަދަ ޖަމްބަރީތަކުގެ އިތުރުނ،ް ސުވިޓްޒަލޭންޑްގެ ކެންޑަރސްޓެގް އިންޓަނޭޝަނަލް ސްކައުޓް ސެންޓަރުގައި މުވައްޒަފެއްގެ ގޮތުގައި އިބާ ވަނީ ޚިދުމަތްކޮށްފައެވެ.


advertisment
ހިޔާލު