ޢިމާދުއްދީން ސްކޫލްގައި ބޭނުން ކުރަމުން އައި ޒަމާންވީ ކަޅާއި ހުދުގެ ރަސްމީ ޔުނީފީމް އޮރެންޖް ކުލައަށް ބަދަލުކޮށްފިއެވެ.
އެ ސްކޫލްގެ އައު ޔުނީފޯމް މިއަދު ތައާރަފު ކުރީ ވިހި ވަނަ އަހަރީ ދުވަހާ ގުޅުވައިގެންނެވެ. އާ ޔުނީފޯމް އިފްތިތާހުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރެވެ. ޔުނީފޯމަށް އައި ބަދަލާއެކު މީގެ ފަހުން އެކްޓިވިޓީ ޔުނީފޯމްގެ ގޮތުގައި ބޭނުން ކުރާނީ މިހާރުވެސް ބޭނުންކުރާ ގަދަ އޮރެންޖް ކުލައިގެ ޓީޝާޓެވެ. ރަސްމީ ޔުނީފޯމްގެ ކުލައަކީ މަޑު އޮރެންޖް ކުލައެކެވެ.
ޢިމާދުއްދީން ސްކޫލްގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރުއް އިންދުމުގެ ޕްރޮގްރާމެއް ވަނީ ހިންގާފައެވެ. އެގޮތުން 100 އަށްވުރެ ގިނަ ރުއް ވަނީ އިންދާފައެވެ. މިހަރަކާތުގައި ގިނަ އަދަދެއްގެ ދަރިވަރުންނާއި މުދައްރިސުންވަނީ ބައިވެރިވެފައެވެ.
ޢިމާދުއްދީން ސްކޫލުގެ ބިންގާ އެޅުނީ 26 އޮކްޓޯބަރ 1998 ގައެވެ. މިސްކޫލަކީ މާލޭގައި ބިނާކުރެވުނު 5 ވަނަ ޕްރައިމަރީ ސްކޫލެވެ. ސްކޫލުގައި ކިޔަވައިދޭން ފެށުނީ 6 ފެބުރުއަރި 2000 ގައެވެ. މމި ސުކޫލް ރަސްމީކޮށްސ ހުޅުވައިދެއްވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛުލް މައުމޫން ޢަބްދުލް ޢައްޔޫމެވެ. އެއީ މީލާދީ ސަނަތުން ބަޔާއިރު 2001 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 5 ވަނަދުވަހުއެވެ. ޢިމާދުއްދީން ސުކޫލުގެ މޮޓޯއަކީ "ޢަޒުމަކީ ކާމިޔާބީގެ ތަޅުދަނޑި" އެވެ.
މި ސްކޫލުގެ ނަން ނިސްބަތްވަނީ މީލާދީން 16ވަނަ ގަރުނުގައި ދިވެހިސިންގާ ޘަނާގައި ރެދަލި ކުރެއްވި އައްސުލްތާން މުހަންމަދު ޢިމާދުއްދީން 1 ސިރީސުންދުރަ އައުދަ ކީރިތި ކައްތިރި ބަވަނަ މަހާރަދުންގެ ނަންފުޅުންނެވެ.
advertisment
ހިޔާލު