ދިވެހިރާއްޖޭގެ ސްކައުޓު އެސޯސިއޭޝަންގެ ކުރީގެ ޗީފް ކޮމިޝަނަރ އަޙްމަދު އަލި މަނިކަށް "އޭޝިއާ ޕެސިފިކް ރީޖަން އެވޯޑް ފޯރ ޑިސްޓިންގްވިޝްޑް ސަރވިސް ޓު އިންޓަރނޭޝަނަލް ސްކައުޓިންގ" އަރުވައިފިއެވެ.
މި އެވޯޑަކީ ސްކައުޓު ހަރަކާތުގެ އޭޝިއާ ފެސިފިކް ރީޖަންއަށް ސަރަހައްދީގޮތުން އެކި ޙިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކަށް ދޭ އެވޯޑުތަކުގެ ތެރެއިން އެންމެ މަތީ އެވޯޑެވެ. މި އެވޯޑު އަރުވާފައިވަނީ މި މަހުގެ 12 އިން 17 އޮކްޓޫބަރު 2025 އަށް ޓައިވާނުގެ ކައުޝިންގްގައި
ކުރިއަށްދިޔަ 28 ވަނަ އޭޝިއާ ޕެސިފިކް ސްކައުޓު ކޮންފަރެންސް ގެ ނިންމާލުމުގެ ރަސްމިއްޔާތުގައެވެ.

އަލްފާޞިލް ޢަހްމަދު އަލި މަނިކަކީ ދިވެހިރާއްޖޭގެ ސްކައުޓު ހަރަކާތަށް 30 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާ އެސޯސިއޭޝަންގެ މުހިންމު މަޤާމުތަކެއް ފުރުއްވާފައިވާ ފަރާތެކެވ.ެ މިގޮތުނ،ް ދިވެހިރާއްޖޭގެ ސްކައުޓު އެސޯސިއޭޝަނުގެ
ޤައުމީ ސްކައުޓު ކައުންސިލުގެ އެކި މަޤާމުތައް ފުރުއްވުމުގެ އިތުރުން އެސޯސިއޭޝަނުގެ ޗީފް ކޮމިޝަނަރގެ މަޤާމު އަޙްމަދު އަލި މަނިކު ވަނީ ފުރުއްވާފައެވެ.

އެމަނިކުފާނުގެ ޗީފް ކޮމިޝަނަރ ކަމުގައި ދިވެހިރާއްޖޭގެ ސްކައުޓު ހަރަކާތައް ޤައުމީ ފެންވަރުގައާއި ބައިނަލްއަޤްވާމީ ފެންވަރުގައި އެތައް ކާމިޔާބީއެއް ލިބި އައު ހަރުފަތްތަކަަަށް ވާސިލުވެފައެވ.ެ މިގޮތުނ،ް އެމަނިކުފާނުގެ ޗީފް ކޮމިޝަނަރ ކަމުގައި ދިވެހިރާއްޖޭގެ ސްކައުޓު ޖަމްޢިއްޔާއަށް ވަނީ ސްކައުޓުން ތިމާވެއްޓަށް ކޮށްދެމުންދާ ޙިދުމަތްތަކަށް ފެހި ފަތް އެވޯޑު ލިބިފައެވެ. އެމިނަކުފާނު ރާއްޖޭގައި ސްކައުޓު ހަރަކާތްތައް ކޮށްދެއްވާފައިވާ އަގުހުރި ޙިދުމަތްތަކަށް އަލްފާޞިލް ޢަހްމަދު އަލި މަނިކަށް ވަނީ ދިވެހިރާއްޖޭގައި ސްކައުޓު ހަރަކާތަށް އެކި ގޮތްގޮތުން ޙިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކަށް ދެވޭ އެވޯޑުތަކުގެ ތެރެއިން ދެވޭ އެންމެ މަތީ އެވޯޑު ކަމުގައިވާ ސިލްވަރ ޓޫނާ އެވޯޑު އަރުވާފައެވެ.



advertisment
ހިޔާލު