ވިލާ ކޮލެޖުގެ ކުރިއަށް އޮތް ޖެނުއަރީ 2026 އިންޓޭކަށް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ކޯސްތަކަށް އެޕްލިކޭޝަން ހުށައެޅޭނެ އެންމެ ފަހު ތާރީޚަކީ އަންނަ ޑިސެމްބަރު މަހުގެ 15 އެވެ.
ވިލާ ކޮލެޖުން ބުނީ، ޖެނުއަރީގައި ފަށާ އިންޓޭކަށް ސެޓްފިކެޓް ލެވެލް 4 އިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމަކަށް ކުރިމަތިލެވޭނެ ކަމަށެވެ.
ހުޅުވާލެވިފައިވާ ޕްރޮގްރާމްތައް
މި އިންޓޭކްގައި ހުޅުވާލެވިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ސައިބަރ ސެކިއުރިޓީ، ޑާޓާ ސައިންސް، ސޮފްޓްވެއަރ އިންޖިނިއަރިންގ، ޓީޗިންގ (އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިއުކޭޝަން، އާރލީ ޗައިލްޑްހުޑް އެޑިއުކޭޝަން، ޕްރައިމަރީ، ސެކަންޑަރީ)، ބިޒްނަސް މެނޭޖްމަންޓް، މާކެޓިންގ، އެކައުންޓިންގ އެންޑް ފައިނޭންސް، ބޭންކިންގ އެންޑް ފައިނޭންސް، ހިއުމަން ރިސޯސް މެނޭޖްމަންޓް، އިންޓަނޭޝަނަލް ބިޒްނަސް، އިކޮނޮމިކްސް، އިންޖިނިއަރިންގ (މެކޭނިކަލް، އިލެކްޓްރިކަލް، ސިވިލް، މެކަޓްރޯނިކްސް)، ނަރސިންގ، ޕަބްލިކް ހެލްތް، ފްލެބޮޓޮމީ، ހެލްތް ސަރވިސަސް މެނޭޖްމަންޓް، ލޯ، ޝަރީޢާ، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ، އޭވިއޭޝަން މެނޭޖްމަންޓް، ސައިކޮލޮޖީ، އޯގަނައިޒޭޝަނަލް ސައިކޮލޮޖީ، ކައުންސެލިންގ، މާސް ކޮމިއުނިކޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް، ރިސާރޗް ސްޓަޑީސް، އިންޓީރިއަރ އާކިޓެކްޗަރ އެންޑް ޑިޒައިން، އަދި ކަލިނަރީ އާރޓްސް ފަދަ ދާއިރާތައް ހިމެނެއެވެ.

ބައިނަލްއަޤްވާމީ ޑިގްރީތައް ރާއްޖޭގައި
ވިލާ ކޮލެޖުން ދިވެހިރާއްޖޭގައި ތިބެގެން ބައިނަލްއަޤްވާމީ ޑިގްރީތައް ޙާޞިލުކުރުމުގެ ފުރުޞަތު ފަހިކޮށްދެއެވެ. އެގޮތުން އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ދި ވެސްޓް އޮފް އިންގްލޭންޑް، ޕޯޓްސްމޯތް ޔުނިވަރސިޓީ، އަދި މެލޭޝިއާގެ ޓޭލަރސް ޔުނިވަރސިޓީ އާއި ޔުނިވަރސިޓީ އޮފް ސައިބަރޖާޔާގެ ޕްރޮގްރާމްތައް ވިލާ ކޮލެޖުގައި ކުރިއަށް ގެންދެވެއެވެ. މީގެ އިތުރުން، ޕޯޓްސްމޯތް ޔުނިވަރސިޓީއާ ގުޅިގެން ހިންގާ އިންޖިނިއަރިންގ ޕްރޮގްރާމްތައް ކިޔަވާ ދަރިވަރުންނަށް، ޑިގްރީގެ ފަހު އަހަރުތައް އެ ޔުނިވަރސިޓީގައި ފުރިހަމަކުރުމުގެ ފުރުޞަތުވެސް ލިބިގެންދާނެއެވެ.
ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް
ވިލާ ކޮލެޖަކީ ބައިނަލްއަޤްވާމީ މައިދާނުގައިވެސް ފާހަގަކޮށްލެވޭ ފަޚުރުވެރި ކާމިޔާބީތަކެއް ޙާޞިލުކޮށްފައިވާ ތަޢުލީމީ މުއައްސަސާއެކެވެ. އެގޮތުން:
- ކިއުއެސް (QS) ސްޓާރ ރޭޓިންގް: ދުނިޔޭގެ އެންމެ މަޝްހޫރު އެއް މަތީ ތަޢުލީމުގެ ރޭންކިންގ ކަމަށްވާ ކިއުއެސް ސްޓާރ ރޭޓިންގްގައި "އެމްޕްލޯޔަބިލިޓީ"، "އޮންލައިން ލާރނިންގ" އަދި "އެންވަޔަރަމަންޓަލް އިމްޕެކްޓް" އިން އެންމެ މަތީ ދަރަޖަ ކަމަށްވާ 5 ތަރި ޙާޞިލުކޮށްފައިވެއެވެ.
- ޓައިމްސް ހަޔަރ އެޑިއުކޭޝަން (THE) އިމްޕެކްޓް ރޭންކިންގްސް 2025: ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް ޔުނިވަރސިޓީތަކުން އަދާކުރާ ދައުރު ވަޒަންކުރާ މި ރޭންކިންގްގައި ރާއްޖެއިން ހިމެނުނު ހަމައެކަނި މުއައްސަސާއަކީ ވިލާ ކޮލެޖެވެ. މި ރޭންކިންގްސްގައި ދުނިޔޭގެ މަތީ 20% ޔުނިވަރސިޓީތަކުގެ ތެރޭގައި ވިލާ ކޮލެޖު ހިމެނެއެވެ.

- ކިއުއެސް އޮންލައިން އެމްބީއޭ ރޭންކިންގްސް 2026: ވިލާ ކޮލެޖުގެ އޮންލައިން އެމްބީއޭ ޕްރޮގްރާމް ވަނީ މި ރޭންކިންގްގައި ހިމެނި، އޭޝިއާ-ޕެސިފިކް ސަރަޙައްދުން "ކްލާސް އެކްސްޕީރިއަންސް" އިން އެއްވަނަ މަޤާމު ޙާޞިލުކޮށްފައެވެ.
މީގެ އިތުރުން ވިލާ ކޮލެޖުގެ ޕްރޮގްރާމްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)، ދިވެހިރާއްޖޭގެ ބާ ކައުންސިލް، އަދި އެލައިޑް ހެލްތް ކައުންސިލް ފަދަ މުޙިއްމު އިދާރާތަކުން ޤަބޫލުކޮށް، އެކްރެޑިޓްކުރެވިފައިވާ ޕްރޮގްރާމްތަކެކެވެ.
މަސައްކަތުގެ މާހައުލަށް ތައްޔަރުވެފައިވާ ދަރިވަރުންތަކެއް ބިނާ ކުރުން
ވިލާ ކޮލެޖުގެ ކިޔެވުން ބައްޓަން ކުރެވިފައިވަނީ ދަރިވަރުންނަކީ މަސައްކަތުގެ މާޙައުލަށް ތައްޔާރުވެފައިވާ ކުދީން ތަކަކަށް ހެދުމަށެވެ. މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި، ކޮންމެ ޕްރޮގްރާމެއްގައިވެސް ސިމިއުލޭޝަންތަކާއި، އިންޓަރންޝިޕް، އެކްސްޓަރންޝިޕް އަދި އިންޑަސްޓްރީ އާއި ގުޅިގެން ހިންގޭ ޕާޓްނަރޝިޕްތަކުގެ ދަށުން ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފަހިކޮށްދެވެއެވެ. މި ނިޒާމުގެ ސަބަބުން، ވިލާ ކޮލެޖުން ދަސްވެނިވާ ދަރިވަރުންނަކީ ވަޒީފާގެ ބާޒާރަށް ފުރިހަމައަށް ތައްޔާރުވެފައިވާ، ގްލޯބަލް ޕްލެޓްފޯމްތަކުގައި ވާދަކުރެވޭ ޤާބިލު، ހުނަރުވެރި ބަޔަކަށް ހެދުމަށް ޚާއްޞަ އިސްކަމެއް ދެވެއެވެ.

ދަރިވަރުންނަށް ފޯރުކޮށްދެވޭ ކިޔެވުމާއި ގުޅުން ހުރި ލާރނިންގ ސަޕޯޓް
ދަރިވަރުންގެ ތަޢުލީމީ ދަތުރު ފަސޭހަކޮށް، އެންމެ ފުރިހަމަގޮތުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ވިލާ ކޮލެޖުން ޚާއްޞަ އިސްކަމެއްދޭ ކަމެކެވެ. މިގޮތުން:
- އެކަޑަމިކް ރައިޓިންގ
- ރެފަރެންސިންގ
- އިނގިރޭސި ބަހުގެ ޓިއުޓޯރިއަލް
- ސްޓަޑީ ސްކިލްސް ވޯކްޝޮޕްތައް
- ޑިސަރޓޭޝަން ސަޕޯޓް
- ޕިއަރ-އެސިސްޓެޑް ލާރނިންގ
- ވީ-ކެއަރ ކައުންސެލިންގ އެންޑް ސައިކޯތެރަޕީ ސެންޓަރ މެދުވެރިކޮށް ނަފްސާނީ އެހީތެރިކަން
މި ހުރިހާ ޚިދުމަތްތަކެއް އޮންލައިންކޮށާއި ފޭސް-ޓު-ފޭސްކޮށް ލިބެން ހުންނާނެއެވެ. މީގެ އިތުރުން، ދަރިވަރުންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަމަށްވެސް ޚާއްޞަ ސަމާލުކަމެއް ދީގެން ގިނަ ވަސީލަތްތަކެއް ވިލާ ކޮލެޖުގައި ޤާއިމުކުރވިފައިވެއެވެ. ކޯހެއް ޚިޔާރުކުރުމުގައި ނުވަތަ ކެރިއަރ ގައިޑެންސް ބޭނުންވާނަމަ، ވިލާ ކޮލެޖުގެ ތަޖުރިބާކާރު ކައުންސެލަރުންގެ އެހީތެރިކަން ލިބިގެންދާނެއެވެ.

ފްލެކްސިބަލް ސްޓަޑީ އޮޕްޝަންސް
ވިލާ ކޮލެޖުގެ ކްލާސްތައް ބައްޓަންކުރެވިފައިވަނީ ވަޒީފާ އަދާކުރާ ފަރާތްތަކަށާއި ޢާއިލީ ޒިންމާތަކާއެކު ކިޔަވަން ބޭނުންވާ ފަރާތްތަކަށް ފަސޭހަވާނޭހެނެވެ. އެގޮތުން އިންޖިނިއަރިންގ، ޓީޗިންގ، ނަރސިންގ އަދި ފާރމަސީ ދާއިރާގެ ކޯސްތައް ފިޔަވައި، އެހެން ހުރިހާ ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކެއްވެސް ފުރިހަމައަށް އޮންލައިންކޮށް ކިޔެވުމުގެ ފުރުޞަތު ހުޅުވާލެވިފައިވެއެވެ.
އޮންލައިން އެޕްލިކޭޝަން http://www.villacollege.edu.mv : މެދުވެރިކޮށް ހުށައެޅޭނެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ : 3303200
އީމެއިލް : [email protected]


advertisment
ހިޔާލު