މުދައްރިސުންނަށް ދިވެހި ސައިން ލެންގުއޭޖް ތަމްރީނު ދިނުމަށް ކޮންސަލްޓަންޓެއްގެ ގޮތުގައި ފަޒުނީ ހަމަޖައްސައިފި

މުދައްރިސުންނާއި ސްކޫލްތަކުގެ ސްޓޭކްހޯލްޑަރުންނަށް ދިވެހި ސައިން ލެންގުއޭޖް ތަމްރީނު ދިނުމަށް ކޮންސަލްޓެންސީ ހިދުމަތް ދިނުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އާއި މަރިޔަމް ފަޒްނީ ވަނީ ސޮއިކޮށްފަ އެވެ.

ތައިބާ އިނިޝިއޭޓިވްގެ ދަށުން ދިވެހި ސައިން ލެންގުއޭޖް ކިޔަވައިދޭން ފަރުމާކުރެވިފައިވަނީ ބީރު ނުވަތަ އަޑުއިވުމުގެ ދަތިކަން ހުންނަ ކުދިންނާ މުޢާމަލާތު ކުރުމަށް ޓީޗަރުންނަށް ޕްރެކްޓިކަލް ސައިން ލެންގުއޭޖް ސްކިލްސް ދިނުމަށެވެ. ގްލޯބަލް ޕާޓްނަރޝިޕް ފޯ އެޑިއުކޭޝަން (ޖީޕީއީ) އިން ފަންޑުކުރާ މި މުހިންމު ހަރަކާތަކީ ގްލޯބަލް ޕާޓްނަރޝިޕް ފޯ އެޑިއުކޭޝަން (ޖީޕީއީ) ގެ އެހީގައި ޔުނިސެފާ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.

ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަން އެޑިޔުކޭޝަން މިނިސޓްރީން ކުރި އިއުލާނާއެކު ހިމަނާފައިވާ ލިޔުންތަކުގައި، ރާއްޖޭގެ ސްކޫލުތަކުގައި އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ 140 ދަރިވަރުން ކިޔަވަމުންދާ ކަމަށް ބުނެފައިވެއެވެ. މަދު ސްކޫލެއްގައި ސައިން ލެންގުއޭޖް ތަރުޖަމާނުން ތިބި ނަމަވެސް ގިނަ ސްކޫލުތަކުގައި، ޚާއްސަކޮށް އަތޮޅުތަކުގެ ސްކޫލުތަކުގައި ތަރުޖަމާކުރުމުގެ ހިދުމަތް ނުލިބޭ ކަމަށާއި މިކަމުގެ ސަބަބުން ދަރިވަރުންގެ ކުލާސްރޫމް އުނގެނުމާއި، ސްކޫލުގެ ޙަރަކާތްތަކުގައި ފުރިހަމައަށް ބައިވެރިވުމުގެ ޤާބިލުކަން ދަށްކަމަށް ބުނެފައިވެއެވެ. ކޮންސަލްޓެއްޓެއްގެ އެހީގައި މަސައްކަތް ކުރަނީ ސްކޫލުތަކުގައި މޯލްޑިވިއަން ސައިން ލެންގުއޭޖް (އެމްވީއެސްއެލް) އިންޓަޕްރިޓޭޝަންގެ ހިދުމަތް ފުޅާކުރުމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *