ރަސްމާދޫ ސްކޫލްގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިިޓިވްވުމުން ކިޔެވުން މެދުކަނޑާލައިފިއެވެ.
ރަސްމާދޫ ސްކޫލުން ބުނެފައި ވަނީ އެ ސްކޫލު މުވައްޒަފަކު ކޯވިޑް 19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން، ރަށް މޮނިޓަރިންގ އަށް ލާފައިވުމާއި އެކު ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ހެލްތު ސެންޓަރާއި ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ކަމަށެވެ. މި ކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން ސްކޫލުން އެފަރާތާއި ސީދާ ދިމާވި ހުރިހާ މުވައްޒަފުންނާއި ދަރިވަރުން މިހާރު ވަނީ ހޯމް ކަރަންޓީންގައެވެ. ރަސްމާދޫ ސްކޫލުން ބުނީ ކަރަންޓީނުފައި ތިބި ފަރާތްތަކުގެ ސާމްޕަލް ނެގުމުގެ މަސައްކަތް ހެލްތު ސެންޓަރުން ކުރަމުންދާ ކަމަށެވެ.
އަދި އެ ސްކޫލުން ބުނީ، އެރަށު ކައުންސިލުން ވަކި އެއްޗެއް އަންގަންދެން ސްކޫލުގެ ކިޔެވުމާއި އިތުރު އެއްވެސް ޙަރަކާތެއް ކުރިއަށް ނުގެންދާނެ ކަމަށެވެ.
advertisment
ހިޔާލު