އެންއެންޔޫގެ ދަރިވަރުން ދަސްވެނިވުން މި މަހު 30 ގައި

ދެވަނަ ޓާމުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ބާއްވަން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ން ނިންމައިފިއެވެ. މި ފަހަރު 307 ދަރިވަރުން ދަސްވެނިވާނެއެވެ.

އެމްއެންޔޫއިން ބުނިގޮތުގައި، މިފަހަރު ދަސްވެނިވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ތިން ސެޝަނަކަށް ބަހާލައިގެން އެ ޔުނިވަރސިޓީގެ އޭބްލޮކް އޮޑިޓޯރިއަމްގައެވެ. ދަސްވެނިވުމުގެ ރަސްމިއްޔާތު މިފަހަރު ލައިވްކުރަނީ އެސްއެސް ޓީވީންނެވެ.

މި ފަހަރުގެ ދަސްވެނިވާ ދަރިވަރުން ނިސްބަތް ވަނީ އެމްއެންޔޫގެ 10 ފެކަލްޓީއަކަށެވެ. އެންމެ ގިނަ ދަރިވަރުން ދަސްވެނިވަނީ ސްކޫލް އޮފް ނާސިންގއިންނެވެ. އެ ސްކޫލުން 87 ދަރިވަރުން ދަސްވެނިވާނެއެވެ.

އެމްއެންޔޫގެ ދަސްވެނިވުމުގެ ދަންފަޅިތައް:

ފުރަތަމަ ދަންފަޅި: ހެނދުނު 9:00

ފެކަލްޓީ އޮފް އާޓްސް  9 ދަރިވަރުން

ފެކަލްޓީ އޮފް އިންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލޮޖީ 24 ދަރިވަރުން

ސްކޫލް އޮފް ނާސިންގ 66 ދަރިވަރުން

ދެވަނަ ދަންފަޅި ( މެންދުރު ފަސް 13:00)

ފެކަލްޓީ އޮފް ހެލްތް ސައިންސަސް، 44 ދަރިވަރުން

ސްކޫލް އޮފް މެޑިސިން، 26 ދަރިވަރުން

ސްކޫލްސް އޮފް ނާސިންގ މާސްޓަރސް، 21 ދަރިވަރުން

ތިންވަނަ ދަންފަޅި: ހަވީރު 16:00

ފެކަލްޓީ އޮފް އެޑިޔުކޭޝަން 47 ދަރިވަރުން

ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް 6 ދަރިވަރުން

ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ، 25 ދަރިވަރުން

އެމެއެންޔޫ ބިޒްނަސް ސްކޫލް، 39 ދަރިވަރުން

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *