ގުރޭޑް 1އަށް އަލަށް ވަންނަ ކުދިންނަށް ދޭ ސްކޮލަރޝިޕަށް ޣިޔާޘުއްދީން ސްކޫލުން ހުޅުވާލައިފި

ގުރޭޑް 1އަށް އަލަށް ވަންނަ ކުދިންނަށް ދޭ ސްކޮލަރޝިޕަށް ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުން ހުޅުވާލައިފިއެވެ.

އެ ސްކޫލުން ބުނީ، ގުރޭޑް 1އަށް އަލަށް ވަންނަން އެދޭ، ކަނޑައަޅާފައިވާ ޝަރުޠުތައް ފުރިހަމަވާ ދަރިވަރުންނަށް ސްކޮލަރޝިޕްގެ ދަށުން ކިޔެވުމުގެ ތިން ފުރުޞަތަށް ހުޅުވާލާފައިވާ ކަމަށެވެ.

މި ސްކޮލަރޝިޕް ޕޮރޮގްރާމުގެ ދަށުން ދަރިވަރުގެ އެޑްމިޝަން ފީ އާއި ޓިއުޝަން ފީ އެ ސްކޫލުން ދައްކައިދެއެވެ. އަދި ސްކޮލަރޝިޕް ދެވުނު ޝަރުޠުތައް ފުރިހަމަވެ، ކޮންމެ ގުރޭޑަކަށް ކަނޑައެޅިފައިވާ މިންގަނޑު ޙާޞިލްވަމުންދާނަމަ، ގުރޭޑް 10 ނިމެންދެން މި ސްކޮލަރޝިޕްގެ ދަށުން ކިޔަވައިދެވޭނެ ކަމަށް ޣިޔާޘުއްދީނުން ބުނެއެވެ.

މި ސްކޮލަރޝިޕަށް ކުރިމަތިލާން ފޯމް ހުށައަޅަން ޖެހެނީ އަންނަ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހުގެ 3:00ގެ  ކުރިންނެވެ. ހުށައަޅާ އެޕްލިކޭޝަންތައް އިވެލުއޭޓް ކުރާނީ 10 ނޮވެމްބަރުން ފެށިގެންނެވެ. ޝޯޓް ލިސްޓް ކުރާ ދަރިވަރުން އެސެސްކުރުން 12 ނޮވެމްބަރުގައި ވަށާނެއެވެ. ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުން ކަނޑައަޅާނީ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. ސްކޮލަރޝިޕް އެވޯޑް ކުރާނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

ޣިޔާޘުއްދީނަކީ ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން ގުރޭޑް 10އާ ހަމަށް ކިޔަވައިދެމުން ގެންދާ އިންޓަރނޭޝަނަލް ސްކޫލެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *