ގްރޭޑް1ގެ ޤުރުއާން މާއްދާގެ ފޮތުގައި ދެ ސޫރަތެއް އެކުވެފައިވާތީ އެކަން ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ގްރޭޑް1ގެ ޤުރުއާން މާއްދާގެ ދަރިވަރުންގެ ފޮތް ޕްރިންޓް ކުރިއިރު، ދެ ސޫރަތެއްގެ އެކުވެފައިވާ
ކަން މި މިނިސްޓްރީއަށް ފާހަގަވި ހިސާބުން ފެށިގެން އެކަން ހައްލު ކުރުމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން
(އެން.އައި.އީ) ވަނީ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މައްސަލަ ޖެހިފައިވާ ޞަފްޙާ ބަދަލުކުރުމަށް ޢަމަލު ކުރަންޖެހޭ ގޮތް ސްކޫލްތަކާ ހިއްސާކޮށް ސްކޫލްތައް މެދުވެރިކޮށް ބެލެނިވެރީންނަށް އަންގަމުން ގެންދާނެ ކަމަށް އެ ނޫސްބަޔާނުަގއި ބުނެފައިވެއެވެ. މި ފޮތް ތަކަކީ ޕްރިންޓް ކުރުމުގެ ކުރިން އެން.އައި.އީ އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ޗެކުކުރެވިފައިވާ ފޮތްތަކެކެވެ. ޤުރުއާން މާއްދާގެ ދަރިވަރިރުންގެ ފޮތުގައި މައްސަލަ ދިމާވި ސަބަބު ދެނެގަތުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
advertisment
ހިޔާލު