އިންޓަރ ސްކޫލް ސްވިމިންގ މުބާރާތުން އެއްވަނަ ޣިޔާޘުއްދީނާއި ސީއެޗްއެސްއީ ހުޅުމާލެއަށް

ބީއެމްއެލް އިންޓަރ ސްކޫލް ސްވިމިންގ މުބާރާތުގެ ޖޫނިއަރ ބައިން އެއްވަނަ ޣިޔާޘުއްދީނަށް، ސީނިޔާ ބައިން އެއްވަނަ ސީއެޗްއެސްއީ ހުޅުމާލެއަށް ލިބިއްޖެއެވެ.

މި މަހު 11ން 16އަށް ކުރިއަށް ގެންދިޔަ މުބާރާތުގައި 18 ސްކޫލަކުން ވާދަކުރިއެވެ.

ހުޅުމާލޭގައި ހުންނަ މިނީ ސްޕޯޓްސް ކޮމްޕެލެކްސްގެ ސްވިމިންގ ޕޫލުގައި މި މުބާރާތް ކުރިއަށް ގެންދިޔައީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ސީނިއަރ ކެޓަގަރީއާއި ޖޫނިއަރ ކެޓަގަރީގެ އިތުރުން ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ކެޓަގަރީއެވެ. މިއިން ކޮންމެ ގެޓަގަރީއެއް ކުރިއަށް ގެންދިޔައީ އޭ ޓީމާއި ބީ ޓީމެއް ހިމަނައިގެންނެވެ.

ޖޫނިއަރ ކެޓަގަރީއަށް ބަލާއިރު، ދެވަނަ ލިބުނީ އިސްކަންދަރު ސްކޫލަށެވެ. ތިންވަނަ ލިބުނީ ފިންލޭންޑް އިންޓަރނޭޝަނަލް ސްކޫލަށެވެ.

ސީނިއަރ ކެޓަގަރީން ދެވަނަ ލިބުނީ ކަލާފާނު ސްކޫލަށެވެ. ތިންވަނަ ލިބުނީ ސީއެޗްއެސްއީ މާލެއަށެވެ.

ސީނިއަރ އޭ ކެޓަގަރީ ފިރިހެން ބައިން އެއްވަނަ ލިބުނީ ސީއެޗްއެސްއީ ހުޅުމާލެއަށެވެ. ދެވަނަ ލިބުނީ ކަލާފާނު ސްކޫލަށެވެ. ތިންވަނަ ލިބުނީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަށެވެ. ސީނިއަރ އޭ ކެޓަގަރީ އަންހެން ބައިން އެއްވަނަ ލިބުނީ ޣިޔާޘުއްދީން ސްކޫލަށެވެ. ދެވަނަ ލިބުނީ އިސްކަންދަރު ސްކޫލަށެވެ. ތިންވަނަ ލިބުނީ ސީއެޗްއެސްއީ މާލެއަށެވެ.

ޖޫނިއަރ އޭ ކެޓަގަރީން ފިރިހެން ކުދިންގެ ބައިން އެއްވަނަ ހޯދީ އަޙްމަދިއްޔާ ސްކޫލުންނެވެ. ދެވަނަ ހޯދީ މަޖީދިއްޔާ ސްކޫލުންނެވެ. ތިންވަނަ ހޯދީ ރަހެންދި ސްކޫލުންނެވެ. ޖޫނިއަރ އޭ ކެޓަގަރީން އެންހެން ކުދިންގެ ބައިން އެއްވަނަ ހޯދީ ޣިޔާޘުއްދީން ސްކޫލުންނެވެ. ދެވަނަ ހޯދީ އިސްކަންދަރު ސްކޫލުންނެވެ. ތިންވަނަ ހޯދީ ޖަމާލުއްދީން ސްކޫލުންނެވެ.

ޖޫނިއަރ ބީ ކެޓަރީން ފިރިހެން ކުދިންގެ ބައިން އެއްވަނަ ހޯދީ އިސްކަންދަރު ސްކޫލުންނެވެ. ދެވަނަ ހޯދީ ޣިޔާޘުއްދީން ސްކޫލުންނެވެ. ތިންވަނަ ހޯދީ ފިންލޭންޑް އިންޓަރނޭޝަނަލް ސްކޫލުންނެވެ. ޖޫނިއަރ ބީ ކެޓަރީން އަންހެން ބައިން އެއްވަނަ ލިބުނީ ޖަމާލުއްދީން ސްކޫލަށެވެ. ދެވަނަ ލިބުނީ ޣިޔާޘުއްދީން ސްކޫލަށެވެ. ތިންވަނަ ލިބުނީ ފިންލޭންޑް އިންޓަރނޭޝަނަލް ސްކޫލަށެވެ.

މި މުބާރާތުގެ ޖޫނިއަރ ބައިގެ އޭ ކެޓަގަރީގެ ފިރިހެން ބައިން އެއްވަނަ ހޯދީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ އިބްރާހިމް ޔުއާން ޝަމީމެވެ. ދެވަނަ ހޯދީ މަޖީދިއްޔާ ސްކޫލުގެ އަޙްމަދު ޒަހުޔާން ނަސީމެވެ. ތިންވަނަ ހޯދީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ މައިކައެލް ލައެލް އަބްދުލް އަލީމެވެ. މި ކެޓަގަރީގެ އަންހެން ބައިން އެއްވަނަ ހޯދީ ޣިޔާޘުއްދީން ސްކޫލުގެ މަރިޔަމް އައިރާ ޝިރުނީލެވެ. ދެވަނަ ހޯދީ ވެސް ޣިޔާޘުއްދީން ސްކޫލުގެ އައިޝާ ޒަޔާހު ހުސައިނެވެ. ތިންވަނަ ހޯދީ ޖަމާލުއްދީން ސްކޫލުގެ ފާތިމާ ލައްޔާޙު ޝާހިދެވެ.

ޖޫނިއަރ ބައިގެ ބީ ގެޓަގަރީގެ ފިރިހެން ކުދިންގެ ބައިން އެއްވަނަ ހޯދީ، ޣިޔާޘުއްދީން ސްކޫލުޔގެ ޒުކައިން އަބްދުﷲ ހަނީފެވެ. ދެވަނަ ހޯދީ އިސްކަންދަރު ސްކޫލުގެ ޒާކިން އަޝްރަފު ރަޝީދެވެ. ތިންވަނަ ހޯދީ ފިންލޭންޑް އިންޓަރނޭޝނަލް ސްކޫލުގެ މުޙައްމަދު އަލްޔާން ޝިފާނެވެ. ޖޫނިއަރ ބައިގެ ބީ ގެޓަގަރީގެ އަންހެން ބައިން އެއްވަނަ ހޯދީ ފިނެލޭންޑް އިންޓަރ ސްކޫލުގެ އަމްނާ ތަޒްކިޔާޙް މިރްސާދެވެ. ދެވަނަ ހޯދީ ޖަމާލުއްދީން ސްކޫލުގެ ޒޯހާ އަޒްލީ ނަސީމެވެ. ތިންވަނައަށް ތިން ކުދިން ގޮއްފައިވެއެވެ. އެއީ ޣިޔާޘުއްދީން ސްކޫލުގެ އަލްޔާ އަޝްރަފާއި ދާލިއާ އައިދާ ލަތީފާއި މަލައިކާ ލިންދާ އިމްރާނެވެ.

ސީނިއަރ އޭ ކެޓަގަރީން ފިރިހެން ބައިން އެއްވަނަ ލިބުނީ ކަލާފާނު ސްކޫލުގެ ލޫޠު މުޙައްމަދު ހުސައިނަށެވެ. ދެވަނަ ލިބުނީ ސީއެޗްއެސްއީ ހުޅުމާލޭގެ އަޒާން އަޒްމީން ލަތީފަށާއި ސީއެޗްއެސްއީގެ ޔާސީން މުޙައްމަދު ޔޫސުފެވެ. ތިންވަނަ ލިބުނީ އަމީނިއްޔާ ސްކޫލުގެ އިސްމާއިލް އަޖުމަލް މޫސާ ޒަމީރަށެވެ. ސީނިއަރ އޭ ކެޓަގަރީގެ އަންހެން ބައިން އެއްވަނަ ލިބުނީ، ޣިޔާޘުއްދީން ސްކޫލުގެ އަޔާނާ އަރީފަށެވެ. ދެވަނަ ލިބުނީ ސީއެޗްއެސްއީ މާލޭގެ ފާތިމަތު އަންޖަލް ފަޔާޒަށެވެ. ތިންވަނަ ލިބުނީ، އިސްކަންދަރު ސްކޫލުގެ އައިޝަތު އަލީނާ ޝާހިދަށެވެ. ސީނިއަރ ބީ ކެޓަގަރީ ފިރިހެން ބައިން އެއްވަނަ ހޯދީ ވިލާ އިންޓަރނޭޝަނަލް ސްކޫލުގެ މުޙައްމަދު ރިހާން ޝިހާމެވެ. ދެވަނަ ހޯދީ ވިލާ އިންޓަރނޭޝަނަލް ސްކޫލުގެ ދާއިން އަޙްމަދު ޝަޤީފެވެ. ތިންވަނަ ހޯދީ ސީއެޗްއެސްއީ ހުޅުމާލޭގެ އަޙްމަދު މާއިން މޫސާއާއި ވިލާ އިންޓަރނޭޝަނަލް ސްކޫލުގެ އަޙްމަދު އައިދިން ނިޔާޒެވެ.

މި އަހަރުގެ މުބާރާތުގައި 365 ދަރިވަރުން ބައިވެރިވެއެވެ. އެއީ 142 އަންހެން ކުދިންނާއި 223 ފިރިހެން ކުދިންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *