ދަރިވަރުންގެ ކާމިިޔާބީތަށް ފާހަގަ ކުރުމުގެ ގޮތުން މާޅޮހު ސްކޫލުން ކުލަދޭން ނިންމައިފި

މާޅޮހު ސްކޫލް
މާޅޮހު ސްކުލުންަ ކުދިންނަށް ކުލަދޭން ފެށުން

ދަރިވަރުންގެ ކާމިިޔާބީތަށް ފާހަގަ ކުރުމުގެ ގޮތުން މާޅޮހު ސްކޫލުން ކުލަދޭން ނިންމައިފި

"ކަލާސް އޮފް އެކްސެލެންސް" ގެ ނަމުގައި މި ކުލަތައް ދެނީ ތައުލިމީ މަންހަޖުގައިވާ ފަދައިން ކޮންމެ ދަރިވަރަކީ ދިރިއުޅުމަށް ތައްޔާރުވެފައިވާ ޙުލްގުހެޔޮ ހުނަރުވެރި ގާބިލް ދަރިވަރުން ބިނާކުރުމުގެ މަގްސަދުގައެވެ.

ތަފާތު ހަ ކުލައެއް ދޭން ނިންމައިފައިވާއިރު، ކުލަތަށް ކަނޑައަޅާފައިވަނީ ދަރިވަރުންގެ  ތަރުބިއްޔަތާއި، ނަޒާހަތްތެރިކަމާއި އިތުރު ހަރަކާތްތަކާއި ޙާޒިރީގެ މައްޗަށެވެ.

މިގޮތުން ދީނީ ތަރުބިތްޔަތުގެ ގޮތުގައި ރަންކުލަ ދޭން ނިންމާފައެވެ. އަޙްލާގީ ކުލައަށް ދޭން ނިންމައިފައިވަނީ ރިހި ކުލައެވެ. އިލްމީ ކުލައެއްގެ ގޮތުގައި ރަތްކުލަ ކަނޑައަޅާފައި ވާއިރު، ކޯ ކަރިކިއުލާރ ހަރަކާތްތަކަށް ކަނޑައަޅާފައިވަނީ ރީނދޫކުލައެވެ. އެކްސްޓްރާ ކަރިކިއުލާރ އެކްޓިވިޓީސްތަކަށް ފެހި ކުލަ، އާއިލި އެހިތެރިޔާއަށް ދަނބު ކުލަ،  އިޖްތިމާއީ އެހީތެރިޔާއަށް ނޫ ކުލަ، ކިޔުންތެރިޔާއަށް ފިޔާތޮށިކުލަ، އަދި ހާޒިރީއަށް އޮރެންޖު ކުލަ ދޭން ވަނީ ހަމަަޖެހިފައެވެ. ކުދިންނަށް ކުލަ ދެނީ މިންގަނޑުތަކަކަށްބަލައި އަދި ހެދިފައިވާ ގަވާއިދުތަކަށް ބަލައި ކޮންމެ ޓާމެއްގައި ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ކުލަތައް ދޭން ނިންމުމާއި ގުޅިގެން ދަރިވަރުންގެ އަހްލާގާއި ކިޔެވުމަށް ހެޔޮ ބަދަލް ތަކެއް އައިސްފައިވާކަމަށާއި، މިއި ހުރިހާ ދަރިވަރުންނަށްވެސް ބައިވެރިވެވޭނެ ހަރަކާތެއްގެ ގޮތުގައި މާޅޮހު ސްކޫލުގެ ޕްރިންސިޕަލް ފާހަގަ ކުރައްވާފައިވެއެވެ.

" ދަރިވަރުންގެ އުޅުމާއި އަހްލާގަށް ހެޔޮ ބަދަލްތަކެއް އަންނަމުން ދާކަމަށް ބެލެނިވެރިން ފާހަގަކުރަމުން ދިއުމަކި އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް، ކަލާސް އެވޯޑް ފަރުމާކޮށްފައިވަނީ ހުރިހާ ދަރިވަރުންނަށް ޝާމިލްވެވޭނޭގޮށް، އެއްވެސް ކުއްޖަކު ބާކީނުކޮށް" ޕްރިންސިޕަލް ފާތިމަތު ޝިމާނާ ވިދާޅުވިއެވެ. "މިގޮތުން ގޭގައި މަންމަމެން ކުރާ މަސައްކަތްތަކުގައި ދަރިވަރުން ބައިވެރިވާން ފަސައިފި، އިޖްތިމާއީ ހަރަކާތްތަކުގައި ބައިވެރިވާން ފަށައިފ"ި. މިކަމުގެ ބޭނުމަކީ ދަރިވަރުން އިޖަތިމާއީ މަސަސްކަތްތަކުގައި ބައިވެރިވިމުގެ އާދަ އަށަގެންނެވުމެވެ.

މާޅޮހު ސޮކޫލުގައި 107 ދަރިވަރުން ތައުލީމް ހާސިލް ކުރަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *