އިނގިރޭށި ބަސް ދަސްކޮށްދޭ ބަސްވާރު އެޕް ދެ ހަފްތާގެ ތެރޭގައި 3،000 މީހުން ބޭނުން ކުރަން ފަށައިފިއެވެ.
ބަސްވާރު އެޕްގެ މަގްޞަދަކީ އިނގިރޭސި ބަސް ދަސްކުރަން ބޭނުންވާ ބޭފުޅުންނަށް ހިތްވަރުދީ އިނގިރޭސި ބަސް އުނގެނެން ލުއިފަސޭހަ މަގެއް ފަހިކޮށް ދިނުމެވެ. ބަސްވާރު އެޕްގެ އަޖުމަ ބަލާލުމުގެ ގޮތުން 1 ދުވަސް ހިލޭ ބޭނުން ކުރަން ލިބެއެވެ. ބަސްވާރު އެޕް ޕްލޭސްޓޯރ އަދި އެޕްސްޓޯރ އިން ޑައުންލޯޑް ކުރެވޭނެއެވެ.
މިއެޕަކީ، ހެޔޮ އަގެއްގައި އިނގިރޭސިބަސް ދަސްކުރުމަށް ހޯދައިދެވޭ ފުރުޞަތަކަށް ވާނެ ކަމަށް މި އެޕް ފަރުމާކުރި އަހުމަދު ނާއިފް ރަޝީދު ދެކެއެވެ.
މި އެޕް އަކީ ބޭނުންކޮށްލަން ފަސޭހަ ވަސީލަތަކަށްވާއިރު، މިއެޕް ބޭނުން ކުރާނެ ގޮތުގެ އިރުޝާދުތައް ދިވެހި ބަހުން ދެވިފައިވެއެވެ.
ނާއިފް ބުނި ގޮތުގައި، ބޮޑެތިމީހުންނަށް އިގިރޭސިބަސް ކިޔަވައިދޭ ކްލާސް "ދަ ސްޓަޑީ ސެންޓާ" އަށް ލިބޭ ތަރުހީބަށް ބަލާއިރު ބޮޑެތި މީހުންގެ މެދުގައި އިގިރޭސިބަސް އުގެނުމުގެ ޝައުގުވެރިކަން ހުރި މިންވަރު ފާހަގަ ކުރެވެއެވެ. އަދި ބަސް ވާރު އެޕް އުފެއްދީ އެ ފަރާތްތަކަށް ފައިދާހުރި ގޮތެއްގައި އިނގިރޭސި ބަސް އުގެނުމުގެ ފަސޭހަ ވަސީލަތެއް ތަނަވަސްކޮށްދިނުމުގެ ބޭނުމުގައެވެ.
:މި އެޕްގައި ހިމެނޭ ބައެއްބައިތައް
– އިނގިރޭސި ބަސް ދަސްކުރަން ފަށައިގަންނަ ބޭފުޅުންނަށް އެކަށީގެންވާ ފިލާވަޅުތަކުގެ ވީޑިއޯތަކާއި ނޯޓްސް
– ކޮންމެ ފިލާވަޅެއް އޮޅުންފިލުވައި ދިނުމަށްފަހު އެއާ ގުޅޭ ތަމްރީނު
– ވޮކެބިއުލަރީ (އިގިރޭސި ބަހުގެ ލަފްޒުތައް ދަސްކުރުން) ބަސްކޮށާރު
– ލިއުމާ ކިއުމުގެ ތަމްރީނުތައް
– އިނގިރޭސި ބަހުގެ ގަވާއިދު ދަސްކުރުން
– އިނގިރޭސި ބަހުން ވާހަކަދައްކަން ދަސްވުން
ހިޔާލު