އިންޓަރ ސްކޫލް ސްވިމިންގ މުބާރާތުގައި މި އަހަރު 18 ސްކޫލަކުން ވާދަކުރެއެވެ.
މި މުބާރާތް ކުރިއަށް ދަނީ، ހުޅުމާލޭގައި ހުންނަ މިނީ ސްޕޯޓްސް ކޮމްޕެލެކްސްގެ ސްވިމިންގ ޕޫލުގައެވެ. މުބާރާތުގެ އިވެންޓްތައް ފެށީ ހޮނިހިރު ދުވަހުއެވެ. ނިމޭނީ މި މަހު 16 ވަނަ ދުވަހުއެވެ.

މި މުބާރާތުގައި ވާދަކުރަނީ މާލޭގެ ސްކޫލްތަކުންނެވެ. އޭގެ ތެރޭގައި ސަރުކާރުގެ ސްކޫލްތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުން ހިންގާ ސްކޫލްތައް ވެސް ހިމެނެއެވެ.
މި މުބާރާތް ކުރިއަށް ގެންދަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ސީނިއަރ ކެޓަގަރީއާއި ޖޫނިއަރ ކެޓަގަރީގެ އިތުރުން ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ކެޓަގަރީއެވެ. މިއިން ކޮންމެ ގެޓަގަރީއެއް ކުރިއަށް ގެންދަނީ އޭ ޓީމާއި ބީ ޓީމެއް ހިމަނައިގެންނެވެ.
ސްވިމިންގ އެސޯސިއޭޝަނުން ފޯރުކޮށްދިން ތަފާސް ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މުބާރާތުގައި 365 ދަރިވަރުން ބައިވެރިވެއެވެ. އެއީ 142 އަންހެން ކުދިންނާއި 223 ފިރިހެން ކުދިންނެވެ.
ހިޔާލު