ރައީސް ޑރ މުއިއްޒު ޕްރިންސިޕަލުންގެ ކޮންފަރެންސް ފައްޓަވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ޕްރިންސިޕަލް ކޮންފަރެންސް މިއަދު ހުޅުއްވައި ދެއްވައިފިއެވެ.

މި ކޮންފަރެންސް ކުރިއަށް ދަނީ ކްރެސްރޯޑްގައި މިއަދުން ފެށިގެން މާދަމާގެ ނިޔަލަށެވެ.  މި ކޮންފަރެންސްގައި 210 ޕްރިންސިޕަލުންވަނީ ބައިވެރިވެއެވެ.

ހުރިހާ ޕްރިންސިޕަލުން ބައިވެރިވާ މި ކޮންފަރެންސަކީ ތައުލީމީ ދާއިރާއަށް ގެންނަން ޖެހޭ ބަދަލުތަކާއި މިހާރު އަމަލުކުރަމުންދާ ޕޮލިސީތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ އެކަންކަން ރަނގަޅު ކުރުމުގެ ބޭނުމުގައި ބާއްވާ ކޮންފަރެންސެކެވެ.

ސްކޫލްތައް ހިންގުމުގެ ސިޔާސަތުތައް ކަނޑައެޅުއްވުމުގައި ޓީޗަރުންގެ ހިއްސާ އިތުރު ކުރެއްވުމަށް ބާއްވާ ޕްރިންސިޕަލުންގެ ކޮންފަރެންސަށް ހުށަހެޅުމަށް ބޭނުންވާ ކަންތައްތަކަށް ހުރިހާ ސްކޫލެއްގައި ވެސް ޓީޗަރުންގެ މެދުގައި ފުޅާދާއިރާއެއްގައި މަޝްވަރާ ކޮށްފައިވެއެވެ. މި މަޝްވަރާތަކުގެ މައްޗަށް ބިނާކޮށް، ސްކޫލްތަކުގެ ކުރިއެރުމާއި ސްކޫލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ކުރަންޖެހޭ ކަންތައްތައް މި ކޮންފަރެންސަށް ހުށައަޅާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *