އައިއައިޔޫއެމްގެ ޢިލްމީ ޕްރޮގުރާމްތަކެއް ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގައި ހިންގަނީ

އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާގެ އެންމެ މަތީ ފަންތީގެ ވަފުދެއް ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ޚާއްޞަ ޢިލްމީ ޕްރޮގުރާމްތަކެއް ހިންގުމަށް ހޮނިހިރު ދުވަހު ޒިޔާރަތް ކުރައްވާނެއެވެ.

މި ވަފުދުގައި އައިއައިޔޫއެމްގެ ރެކްޓަރ ޑރ. ޢުޘްމާން ބަކާރު އަދި އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓް (ޓްރިޕްލް އައިޓީ)ގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޢުމަރު ޙަސަން ކަސޫލޭ ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މިބޭފުޅުން ކުރިއަށް ގެންދަވާ ޢިލްމީ ބައްދަލުވުންތަކުގެ ފެށުމުގެ ރަސްމިއްޔާތު އޮންނާނީ ހޮނިހިރުދުވަހު އައިޔޫއެމްގެ ހޯލުގައެވެ. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގަންނަވާ މިރަސްމިއްޔާތުގައި، މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައިއައިޔޫއެމް) އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރައްވާނެއެވެ.

އާދީއްތަ އަދި ހޯމަ ދުވަހު އައިޔޫއެމްގައި ހިންގަވާ ވޯކްޝޮޕްތައް ނަންގަވައިދެއްވާނީ އައިއައިޔޫއެމް (މެލޭޝިޔާ)ގެ ޕްރޮފެސަރުންނެވެ. 13 ޢިލްމީ ބައްދަލުވުމެއް ކުރިއަށް ގެންދަން ވަނީ ރާވާފައެވެ. މި ޕްރޮގުރާމްތަކުގައި ރަޖިސްޓަރވުމުގެ ފުރުސަތު ޢާއްމުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ. ކުރިއަށް ގެންދެވޭ ތަފާތު ޢިލްމީ ބައްދަލުވުންތަކުގެ ތެރޭގައި ތަފާތު މާއްދާތައް ކިޔަވައިދިނުމުގައި އިސްލާމީ ނަޒަރުން ކިޔަވާ ދޭނެ ގޮތާއި، ޒުވާނުންނަށް ޚާއްޞަކޮށްގެން ގެންދެވޭ ލީޑަރޝިޕް ޕްރޮގުރާމްތަކާއި، އިސްލާމިކް ފައިނޭންސިންގެ ތަފާތު ވޯކްޝޮޕްތައް ވެސް ހިމެނެއެވެ.

އޮކްޓޯބަރު 12 އަދި 13ގައި ކުރިއަށްދާ ވޯކްޝޮޕްތަކުގައި ބައިވެރިވުމަށް އޮންލައިންކޮށް ރަޖިސްޓަރވެވޭނެ ކަމަށް އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން މަޢުލޫމާތު ދެއެވެ.

12 ވަނަ ދުވަހުގެ ވޯކްޝޮޕްތަކުގައި ރަޖިސްޓަރ ވުމަށް:

https://tinyurl.com/4y7an6wj

13 ވަނަ ދުވަހުގެ ވޯކްޝޮޕްތަކުގައި ރަޖިސްޓަރ ވުމަށް:

https://tinyurl.com/28cazfu5

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *