ޖަޕަނީޒް ގްރާންޓް އެއިޑްގެ ފަރާތުން ދޭ މާސްޓަރސް ޑިގްރީގެ ހަ ސްކޮލަރޝިޕަށް ހުޅުވާލައިފި

ޖަޕަނީޒް ގްރާންޓް އެއިޑް (ޖޭޑީއެސް) ފަރާތުން ރާއްޖެއަށް ދީފައިވާ މާސްޓަރސް ޑިގްރީގެ ހަ ސްކޮލަރޝިޕް ފުރުޞަތަށް ހުޅުވާލައިފިއެވެ. މިސްކޮލަރޝިޕްތަކަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރައްވާނީ ސްކޮލަރޝިޕް ދޭ ފަރާތުންނެވެ. އަދި މިސްކޮލަރޝިޕަށް ހޮވޭ ކެންޑިޑޭޓުންގެ ކޯހުގެ ހުރިހާ ޚަރަދެއް ދޭނީ ވެސް ޖަޕަނީޒް ގްރާންޑް އެއިޑްގެ ފަރާތުންނެވެ.

ޖޭޑީއެސްގެ ފަރާތުން ދޭ ސްކޮލަރޝިޕްތައް ޚާއްޞަކޮށްފައި ވަނީ ހިއުމަން ރިސޯސް ޑިވެލޮޕްމެންޓްގެ ދާއިރާއިންނެވެ. ސްކޮލަރޝިޕް ޕްރޮޖެކްޓް ރާއްޖޭގައި ތަޢާރަފްކޮށްފައިވަނީ 2020 ވަނަ އަހަރުއެވެ. މިހާތަނަށް 27 ދަރިވަރުންނަށް ސްކޮލަރޝިޕް ފުރުޞަތު ދީފައިވެއެވެ.

ޖޭޑީއެސްގެ މި ސްކޮލަރޝިޕް ޕްރޮގްރާމްގައި ކިޔަވައިދޭނީ އިނގިރޭސި ބަހުންނެވެ. ކޮންމެ އަހަރަކުވެސް ހަ ސްކޮލަރޝިޕް ދެނީ ޖަޕާނުގެ ތިން ޔުނިވަރސިޓީއަކުން ކޮންމެ ޔުނިވަރސިޓީއަކުން ދެ ފުރުޞަތު ދޭ ގޮތަށެވެ.

މިސްކޮލަރޝިޕަށް އޮންލައިން އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 10 ނޮވެމްބަރ 2025 ވާ ހޯމަ ދުވަހުގެ 16:00 އެވެ.

މި ސްކޮލަރޝިޕް ދެނީ 22 އަހަރާއި 39 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ.

މި ސްކޮލަރޝިޕްގެ ދަށުން ކިޔަވާ ނިންމުމަށްފަހު، ހަތަރު އަހަރު ދުވަހު ރާއްޖޭގައި ވަޒީފާ އަދާކުރަން ޖެހެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *