ޔޫއެންގެ މިނީ ކޮންފަރެންސް މި އަހަރު ބޭއްވީ އަމީނިއްޔާ އާއި ދަރުމަވަންތަ ގުޅިގެން

ޔުނައިޓެޑް ނޭޝަންސް (ޔޫއެން)ގެ މިނީ ކޮންފަރެންސް އަމީނިއްޔާ ސްކޫލުން މި އަހަރު ބޭއްވީ ދަރުމަވަންތަ ސްކޫލާ ގުޅިގެންނެވެ. މިދިޔަ އަހަރު މި ކޮންފަރެންސް ކުރިއަށް ގެންދިޔައީ އަމީނިއްޔާ ސްކޫލުގެ ދަރިވަރުން އެކަންޏެވެ.

މިއަދު އަމީނިއްޔާ ސްކޫލުގައި ކުރިއަށް ގެންދިޔަ މިނީ ޔޫއެން ކޮންފަރެންސްގައި އެ ދެ ސްކޫލުން 96 ދަރިވަރުން ބައިވެރިވިއެވެ. މި އަހަރުގެ ތީމެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ، ނަސްލު ނައްތާލުމާއި ހަނގުރާމައިގެ ޖަރީމާތަކާއި ނަސްލީ ސާފުކުރުމާއި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތައް ހުއްޓުވުމަށް ޒިންމާ އަދާކުރުމެވެ.

މި ކޮންފަރެންސަކީ ޒުވާނުން އެއްތަނަކަށް އެއްވެ، މާނަވީ މަޝްވަރާތަކުގައި ބައިވެރިވުމަށާއި، ބައިނަލްއަޤްވާމީ މައްސަލަތަކަށް ހައްލު ހޯދައިދީ، ސުލްހަ ގާއިމުކޮށް، މުސްތަގުބަލުގެ ލީޑަރުން ތަރުބިއްޔަތު ކުރުމަށް މަގުފަހިކޮށްދިން ކޮންފަރެންސެއް ކަމަށް އަމީނިއްޔާ ސްކޫލުން ބުނެއެވެ.

މި އަހަރުގެ ޝިޔާރަށް ބިނާކޮށް ދަރިވަރުން ވަނީ އެ ދަރިވަރުން ތަމްސީލު ކުރި ޤައުމުތަކުން ދެކޭގޮތް ހާމަކޮށްފައެވެ.

އަމީނިއްޔާއިން ބުނީ، މިނީ ޔޫއެން ކޮންފަރެންސްގެ މައިގަނޑު މަޤްޞާދަކީ ބައިނަލްއަޤްވާމީ މަޝްރަހުގައި ހިނގާ ފާހަގަކޮށްލެވޭ މުހިންމު މައްސަލަތަކަށް ދަރިވަރުން ބަހުސްކޮށް އެ ދަރިވަރުންގެ ފެންވަރުގައި ހައްލު ހޯދައި އެފަދަ ކަންތައްތަކަށް ދަރިވަރުންގެ ހޭލުންތެރިކަން އިތުރު ކުރުމެވެ. މިކަމުގެ ސަބަބުން މުހިންމު މައްސަލަތަކާ މެދު ދަރިވަރުން ދެކޭގޮތާއި އެ މައްސަލަތަކުގެ ފުންމިނަށް ދިއުމުގެ ފުރުޞަތު ދަރިވަރުންނަށް ފަހިވެ، މައުލޫތު ހޯދުމަށް ހިތްވަރު ލިބޭ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *