މަތީ ސާނަވީގެ ދަރިވަރުންނަށް "މާލޭ ވޮކޭޝަނަލް ހައި ސްކޫލް"ގެ ނަމުގައި އައު ސްކޫލެއް ހުޅުވަނީ

މި ސްކޫލުގައި ކިޔަވަން ބޭނުންވާ ދަރިވަރުން ފޯމް ހުށައަޅަން މުއްދަތު ދީފައި ވަނީ މި މަހު ދިހަވަނަ ދުވަހުގެ ނިޔަލަށް

މަތީ ސާނަވީ ފުރުސަތު ފަހި ކުރުމުގެ ގޮތުން މާލޭގައި އަލަށް ހުޅުވުމަށް ހަމަޖެހިފައިވާ މާލޭ ވޮކޭޝަނަލް ހައި ސްކޫލް (އެމްވީއެޗްއެސް) )ގައި ވޮކޭޝަނަލް ޕާތުވޭ އަށް މަތީ ޘާނަވީ މަރުހަލާގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް މާލޭ ވޮކޭޝަނަލް ހައި ސްކޫލް (އެމްވީއެޗްއެސް)ގެ ނަމުގައި ސްކޫލެއް ހުޅުވަން ނިންމައި، އެ ސްކޫލަށް ވަންނަން ބޭނުންވާ ދަރިވަރުންނަށް ފުރުޞަތު ހުޅުވާލައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނެފައި ވަނީ، ވޮކޭޝަނަލް އެޑިޔުކޭޝަނަށް ޚާއްޝަ އެ ސްކޫލަށް ވަނުމުގެ ފުރުޞަތު އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. ފޯމް ހުށައަޅަން ޖެހެނީ ގޫގުލް ފޯމް މެދުވެރިކޮށެވެ. އެ ފޯމް އެޑިޔުކޭޝަން މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

މަތީ ޘާނަވީ ވޮކޭޝަނަލް ޕްރޮގްރާމްތަކަށް ވަނުމުގެ ޝަރުޠުތަކުގެ ތެރޭގައި ހިމެނެނީ، 2024 ނުވަތަ 2025 ވަނަ އަހަރު ގުރޭޑް 10 ނިންމާފައިވުމާއި 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް 18 އަހަރު ފުރިފައި ނުވުމެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވަނީ، ފޯމް ހުށައަޅާ ދަރިވަރުންނަށް އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޖާގަ ހަމަޖެހުނުކަން އަންގަމުން ގެންދާނެ ކަމަށެވެ. އަދި ދަރިވަރުން އަދި އެޕްލިކޭޝަން ހުށަހަޅާފައިވާ އީމެއިލަށ،ް މާލޭ ވޮކޭޝަނަލް ހައި ސްކޫލުގައި ދަރިވަރު ރަޖިސްޓްރީވުމާ ގުޅޭ އިރުޝާދު ޙިއްސާކުރެވޭނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *