އެމްއޭސީއެލްގެ "އެއިމް" އިންސްޓިޓިއުޓުން އެމްއެންއެސްޑީއޭއާ ގުޅިގެން ތަމްރީނު ފޯރުކޮށްދެނީ

އެމްއޭސީއެލްގެ އެއިމް އިންސްޓިޓިއުޓުން އެމްއެންއެސްޑީއޭއާ ގުޅިގެން ތަމްރީނު ފޯރުކޮށްދޭން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
އެމްއޭސީއެލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ އެމް.އޭސީއެލްގެ ފަރާތުން ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދެވެ. މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. ޒަހުރާ މުޙައްމަދެވެ.

މި ފަހުމުނާމާއާއެކު، "އެއިމް" ވަނީ ނޭޝަނަލް އޮކިޔުޕޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑަށް ތަމްރީނު ފޯރުކޮށްދިނުމަށްޓަކައި، އިންސްޓިޓިއުޓް ބޭސްޑް ޓްރެއިނިންގ ޕްރޮވައިޑަރ އެއްގެގޮތުގައި އެމްއެންއެސްޑީއޭގައި ރަޖިސްޓަރީ ކޮށްފައެވެ.
މި ފަހުމުނާމާގެ ދަށުން އެމްއޭސީއެލްގެ މުވައްޒަފުންނަށް އިންސްޓިޓިއުޓް ބޭސްޑް ތަމްރީނު ދިނުމަށާއި، ނޭޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސަރޓިފިކޭޝަންގެ ދަށުން ގިނަދުވަހު ޚިދުމަތުގައި ތިއްބެވި ހުނަރުވެރި މުވައްޒަފުން ސަރޓިފައި ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
ރަސްމިއްޔާތުގައި އެމްއޭސީއެލް އާއި އެމްއެންއެސްޑީއޭގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެއޭވިއޭޝަން ދާއިރާ އަކީ ދިވެހިރާއްޖޭގައި ފުޅާވަމުން އަންނަ ސިނާއަތަކަށްވާއިރު ރީޖަނަލް އެއަރޕޯރޓްތަކާއި އިންޓަނޭޝަނަލް އެއަރޕޯރޓްތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަކީ ފަންނީ ހުނަރުވެރި މަސައްކަތްތެރިކަމުގެ ޤައުމީ ސަނަދު ހާސިލްކޮށްފައިވާ މުވައްޒަފުންނަށް ހެދުމަކީ އެމްއެންއެސްޑީއޭގެ އަމާޒެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *