ދުޅަހެޔޮ، ބަދަހި، އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް "ގައިޑިން ޖެނެރޭޝަންސް" ގެ ނަމުގައި ޕްރޮޖެކްޓެއް މޯލްޑިވްސް ގާލްގައިޑް އެސޯސިއޭޝަނުން މިއަދު ފަށައިފިއެވެ.
ލޮނުޒިޔާރަތް ޕާކުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮޖެކްޓް އިފްތިތާޙުކޮށްދެއްވީ ކުރީގެ ވަޒީރު އަނީސާ އަޙްމަދެވެ. މާލޭގެ އިތުރުން ކުޅުދުއްފުށީ ސިޓީއާއި ޅ. ނައިފަރުގެ އިތުރުން އައްޑޫ ސިޓީގައިވެސް މި ޕްރޮޖެކްޓްގެ ފެށުމުގެ ރަސްމިއްޔާތު ބޭއްވިއެވެ. މި ޕްރޮޖެކްޓް ރާއްޖޭގެ 10 ސަރަޙައްދެއްގައި ކުރިއަށްގެންދާނެ ކަމަށް ގާލްގައިޑް އެސޯސިއޭޝަނުން ބުނެއެވެ.
"ގައިޑިން ޖެނެރޭޝަންސް" އަކީ ޒުވާން އަންހެނުންނަށް ބާރުދީ، އެމީހުން ހަމްދަރުދީއާއެކު އެހެން މީހުންނަށް އަޅާލާ، އަދި މުޖުތަމަޢުގެ ލީޑަރުންނަށް ހެދުމަށް މަސައްކަތްކުރާ، ޒުވާނުން އިސްނަގައިގެން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ. މި ހަރަކާތުގެ މަޤްޞަދަކީ އުމުރުން ދުވަސްވީ މީހުންނާއެކު ހިއްސާކުރެވޭ ތަޖުރިބާތަކާއި، ހަމްދަރުދީއާއި، ގުޅުންތަކުގެ ތެރެއިން ވަރުގަދަ ގުޅުމެއް ބިނާކޮށް، ޖީލުތަކުގެ މެދުގައި އެއްބައިވަންތަކަން އުފެއްދުމެވެ. މި ހަރަކާތް ކުރިއަށް ގެންދަނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.
ހިޔާލު