އައުޓްރީޗް ސެންޓަރުގެ ގޮތުގައި ރަޖިސްޓްރީ ނުކޮށް ކައުންސިލުތަކާ ގުޅިގެން ކޯސްތަކެއް ނުހިންގޭނެ: އެމްކިޔުއޭ

އައުޓްރީޗް ސެންޓަރުގެ ގޮތުގައި ރަޖިސްޓްރީ ނުކޮށް ރަށު ކައުންސިލުތަކާ ގުޅިގެން އެމްކިޔުއޭއިން އެކްރެޑިޓޭޝަން ދީފައިވާ ކޯސްތައް ކޯސްތަކެއް ނުހިންގޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ބުނެފިއެވެ.

އެ އޮތޯރިޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، މަތީ ތަޢުލީމުދޭ މަރުކަޒުތަކުން، ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް ގައި އައުޓް ރީޗް ސެންޓަރ، ރަޖިސްޓަރީނުކޮށް އެމް.ކިއު.އޭ އިން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ކުރިއަށްގެންދާކަން ވަނީ ފާހަގަކުރެވިފައިވާ ކަމަށެވެ.

މިގޮތަށް "ހުއްދަ ނުހޯދާ ކުރިއަށްގެންދާ ޕްރޮގްރާމްތަކަށް މަރުކަޒުތަކުން ދޫކުރަމުން އަންނަ ސަނަދުތަކަކީ އެ އޮތޯރިޓީއަށް ބަލައިގަނެވޭނެ ސަނަދުތަކެއް ނޫންކަމުގައި ދަންނަވަމެވެ. އަދި މިކަމުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް އިއާދަނުކުރެވޭ ގެއްލުން ލިބުމަކީ އެކަށީގެންވާ ކަމެއް" ކަމުގައި ދަންނަވަމެވެ.

ކައުންސިލްތަކުން، މަތީ ތަޢުލީމުދޭ މަރުކަޒަކާ ގުޅިގެން ޕްރޮގްރާމެއް ހިންގަނީ ނަމަ އެ މަރުކަޒެއްގެ އައުޓް ރީޗް ސެންޓަރ އަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް ގައި ރަޖިސްޓަރީ ކުރެވި އެ ރަށެއްގައި ހިންގުމުގެ ހުއްދަ ދީފައިވާ އަދި އެރަށެއްގެ އައުޓް ރީޗް ސެންޓަރގައި އެމްކިއުއޭ އިން އެ ޕްރޮގްރާމެއް ހިންގުމުގެ ހުއްދަ ދީފައިވާ ޕްރޮގްރާމެއްކަން ކަށަވަރުކުރުމަކީ މުހިންމު ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖޭގައި ހިންގާ ކޯސްތަކުގެ ފެންވަރު ރަނގަޅު ކުރުމަށާއި ތައުލީމުގެ ފެންވަރު ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް އެމްކިޔުއޭއިން އަންނަނީ ކުރަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *