ރ. އަތޮޅުގެ ތިން ސްކޫލަކަށް ޕްރިންސިޕަލުން ހޯދަން އިއުލާންކޮށްފި

ޕްރިންސިޕަލް ހޯދަން އިއުލާން ކުރީ ރަސްގެތީމާއި ރަސްމާދޫއާއި އަލިފުށީ ސްކޫލަށް

ރ. އަތޮޅުގެ ތިން ރަށެއްގެ ސްކޫލަށް ޕްރިންސިޕަލުން ހޯދަން އިއުލާންކޮށްފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ވަކިވަކިން ކުރި އިއުލާނުތަކުގައި ޕްރިންސިޕަލުން ހޯދަނީ، ރަސްގެތީމް ސްކޫލާއި ރަސްމާދޫ ސްކޫލުގެ އިތުރުން އަލިފުށީ ސްކޫލަށެވެ.

އަލިފުށީ ސްކޫލުގައި އެންމެ ފަހުން މަސައްކަތް ކުރެއްވީ، އާމިނަތު ޖަމީލެވެ. ޕްރިންސިލެއްގެ ގޮތުން އޭނާ މިހާރު މަސައްކަތް ކުރައްވަނީ ބ. ކެންދޫ ސްކޫލުގައެވެ. ރަސްގެތީމު ސްކޫލަށް ޕްރިންސިޕަލަކު ހޯދަނީ އެ ސްކޫލުގެ ޕްރިންސިޕަލް އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ރަސްމާދޫ ސްކޫލުގެ ޕްރިންސިޕަލް މިހާރު މަސައްކަތް ކުރައްވަނީ މ. ދިއްގަރު ސްކޫލުގައެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާ ގޮތުން، ޕްރިންސިޕަލް ކަމުގެ މަގާމަށް އެދި ލިޔުންތައް ހުށަހަޅަންޖެހެނީ  އޮކްޓޫބަރު މަހުގެ 6ވަނަ ދުވަހުގެ 13:30 ގެ ކުރިންނެވެ.

އެއްވަނަ ރޭންކުގެ ޕްރިންސިޕަލް ކަމުގެ ޝަރުޠު ތެރޭގައި ހިމަނާފައި ވަނީ، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަވެފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސުކޫލެއްގައި ކިޔަވައިދިނުމުގައި މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 4 އަހަރު ޚިދުމަތްކޮށްފައިވުން.

ނުވަތަ، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސްކޫލެއްގައި ކިޔަވައިދިނުމުގައި މަދުމެގެން 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 8 އަހަރު ޚިދުމަތްކޮށްފައިވުމެވެ.

ދެވަނަ ރޭންކުގެ ޕްރިންސިޕަލެއްގެ ޝަރުޠު ތަކުގެ ތެރޭގައި ހިމަނާފައި ވަނީ، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަވެފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސުކޫލެއްގައި ޓީޗަރެއްގެ ގޮތުގައި 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 4 އަހަރު ޚިދުމަތްކޮށްފައިވުން. ނުވަތަ، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސްކޫލެއްގައި ޓީޗަރެއްގެ ގޮތުގައި 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 8 އަހަރު ޚިދުމަތްކޮށްފައިވުމެވެ.

އެއްވަނަ ރޭންކުގެ ޕްރިންސިޕަލެއްގެ މުސާރައަކީ 16،647 ރުފިޔާއެވެ. މަޤާމުގެ އެލަވަންސަކީ މަހަކު 9،534 ރުފިޔާއެވެ. އަދި މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް ހާޒިރީ އެލަވަންސްގެ ގޮތުގައި 258 ރުފިޔާ ލިބެއެވެ.

ދެވަނަ ރޭންކުގެ ޕްރިންސިޕަލެއްގެ މުސާރައަކީ 17،985 ރުފިޔާއެވެ. މަޤާމުގެ އެލަވަންސަކީ މަހަކު 10،300ރުފިޔާއެވެ. އަދި މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް ހާޒިރީ އެލަވަންސްގެ ގޮތުގައި 279 ރުފިޔާ ލިބެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *