ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ދޭ ސްކޮލަރޝިޕް މި އަހަރުގެ ދެވަނަ ޓާމުގައި 10 ދަރިވަރަކަށް ދީފިއެވެ. ދަރިވަރުންނަށް ސްކޮލަރޝިޕް ހަވާލުކުރުން އޮތީ މިއަދު އެ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ސްކޮލަރޝިޕް ދިނީ:
1- އަންޑަރގްރެޖުއޭޓް ފުލް ސްކޮލަރޝިޕް: 2 ދަރިވަރުންނަށް
.2 އަންޑަރގްރެޖުއޭޓް ޓިއުޝަން ފީ ސްކޮލަރޝިޕ:ް 3 ދަރިވަރުން
.3 ޕޯސްޓްގްރެޖުއޭޓް ޓިއުޝަން ފީ ސްކޮލަރޝިޕ:ް 4 ދަރިވަރުންނަށް
.4 ޝަހީދު އަޙުމަދު ރަޝީދު އެވޯޑ:ް 01 ދަރިވަރު
ޔުނިވަރސިޓީގެ ދަރިވަރުންގެ ސްކ ލަރޝިޕަކީ ޔުނިވަރސިޓީ ކައުންސިލުން އިން ތަޢާރުފުކޮށްފައިވާ، ތަޢުލީމު އިޙްތިފާލު ކުރުމާއި ތޫނުފިލިކަން ހުރެ މަތީ ފެންވަރަށް ކިޔެވުމަށް ދަތިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ދެވޭ ސްކޮލަރޝިޕެކެވެ. ޔުނިވަރސިޓީ ސްކ ލަރޝިޕް ސްކީމް އަކީ ޔުނިވަރސިޓީ ކައުންސިލުން އިން ތަޢާރުފުކުރާ ސްކީމެކެވެ. މި ސްކ ލަރޝިޕް ސްކީމްގެ ޚަރަދު ހަމަޖައްސަނީ ޔުނިވަރސިޓީ އަށް ލިބޭ އާމްދަނީ އިންނެވެ.
ޝަހީދު އެވޯރޑަކީ 3 ނ ވެމްބަރ ،1988 ގައި ޝަހީދުވި ޝަހީދުންގެ ޛިކުރާ އާކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 1999 ން ފެށިގެން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 4 ފެކަލްޓީގައި ހިންގާ އެންމެ މަތީ ފެންވަރުގެ ކޯހުގެ ތެރެއިން ފުރަތަމަ ސެމެސްޓަރގައި އެންމެ ރަނގަޅު ނަތީޖާ ހާސިލުކުރާ ދަރިވަރުންނަށް ދެވޭ އެވޯޑެކެވެ.
ސްކ ލަރޝިޕް ސްކީމްގައިވަނީ ތިން ބާވަތެއްގެ ސްކޮލަރޝިޕްއެކެވެ. އެއީ ޓިއުޝަން ފީ ހިލޭ ކުރުމާއި (އަންޑަރގްރޭޖުއޭޓް އަދި ޕޯސްޓް ގްރޭޖުއޭޓް) އަންޑަރގްރޭޖުއޭޓް ފުލް ޝްކ ލަރޝިޕް އާއި ޕޯސްޓް ގްރޭޖުއޭޓް ފުލް ސްކ ލަރޝިޕް އެވެ. މީގެ އިތުރުން ޝަހީދު އެވޯޑް އެ ޔުނިވަރސިޓީގެ ހަތަރު ފެކަލްޓީއަކަށް އަމާޒުކޮށެވެ. އެއީ ސީއެމްއެސް، އެފްއީއެސްޓީ،އެފްއެޗްއޓީއެސް އަދި އެމްއެންޔޫ ބިޒްނަސް ސްކޫލެވެ.
ޓިއުޝަން ފީ ހިލޭ ކުރުމަކީ، ޔުނިވަރސިޓީއަށް ދަރިވަރުން ދައްކަންޖެހޭ ފީ އިސްތިސްނާ ކުރުމެވެ. ނަމަވެސް ދަރިވަރުންގެ ޔޫނިއަންއަށް ދައްކަން ޖެހޭ ފީއެއް އިސްތިސްނާއެއް ނުވާނެއެވ.ެ އަންޑަރގްރޭޖުއޭޓް ފުލް ޝްކ ލަރޝިޕް އާއި ޕޯސްޓްގްރޭޖުއޭޓް ފުލް ސްކ ލަރޝިޕްގައި ހިމެނެނީ ދަރިވަރުން ހަދަމުންދާ ކޯހުގެ ފުރިހަމަ މުއްދަތު ނިމެންދެން ފައިސާގެ އެލަވަންސް އެއް ދިނުމެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގެ ދަރިވަރުންގެ ސްކޮލަރޝިޕް ސްކީމްގެ ދަށުން 2025 ވަނަ އަހަރުގެ ދެވަނަ ޓާރމްގައި އަލަށް ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކަށް 3 ގިންތިއަކުން 24 ސްކޮލަރޝިޕަށް ފުރުޞަތު ހުޅުވާލިއެވެ. މި ސްކީމްގައި ހިމެނެނީ ޓިއުޝަން ފީ ހިލޭ ސްކ ލަރޝިޕާއި އަންޑަރގްރެޖުއޭޓް ސްކޮލަރޝިޕްގެ އިތުރުން ޕޯސްޓް ގްރެޖުއޭޓް ސްކޮލަރޝިޕެވެ.
ޓިއުޝަން ފީ ހިލޭ ސްކޮލަރޝިޕް ސްކީމްގެ ދަށުން ހުޅުވާލި 20 ފުރުޞަތަށް އެދި 49 ދަރިވަރުން ކުރިމަތިލިއެވެ. އަންޑަރގްރެޖުއޭޓް ފުލް ސްކ ލަރޝިޕް ސްކީމްގެ ދަށުން ހުޅުވާލި 2 ފުރުޞަތަށް އެދި 31 ދަރިވަރުން ކުރިމަތިލިއިރު،
ޕޯސްޓް ގްރެޖުއޭޓް ފުލް ސްކޮލަރޝިޕް ސްކީމްގެ ދަށުން ހުޅުވާލި 2 ފުރުޞަތަށް އެދި ހުށައެޅި 9 ދަރިވަރުންނެވެ.
އެމްއެންޔޫއިން ބުނީ، ދަރިވަރުންގެ ސްކޮލަރޝިޕްގެ 3 ކެޓަގަރީއާއި ޝަހީދު އެވޯރޑުގެ ދަށުން މި ޓާރމުގައި 44 ދަރިވަރުން ކިޔަވަމުން ގެންދާ ކަމަށެވެ. އެއީ އަންޑަރގްރެޖުއޭޓް ފުލް ސްކޮލަރޝިޕުގެ ދަށުން ކިޔަވާ 2 ދަރިވަރުންނާއި ޕޯސްޓްގްރެޖުއޭޓް ފުލް ސްކޮލަރޝިޕުގެ ދަށުން ކިޔަވާ 2 ދަރިވަރުންނާއި އަންޑަރގްރެޖުއޭޓް ޓިއުޝަން ފީ ސްކ ލަރޝިޕުގެ ދަށުން ކިޔަވާ 9 ދަރިވަރުންނާއި . ޕޯސްޓްގްރެޖުއޭޓް ޓިއުޝަން ފީ ސްކ ލަރޝިޕުގެ ދަށުން ކިޔަވާ 2 ދަރިވަރުންނެވެ.
advertisment
ހިޔާލު