ދަރިވަރުންގެ ވިޔަފާރީގެ ވިސްނުންތަކާއި ހުނަރުތައް ދައްކާލަން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ހިތަދޫ ކެމްޕަހުން އިސްނަގައިގެން ބިޒްނަސް ފޯރަމެއް ބާއްވަން ނިންމައިފިއެވެ.
މި ފޯރަމް ކުރިއަށް ގެންދަނީ އަންނަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހުއެވެ. މިފޯރަމްގެ މައިގަނޑު ތީމް އަކީ "ކެނެކްޓިން އެކަޑިމިއާ، އިންޑަސްޓްރީ، އެންޑް ކޮމިއުނިޓީ ފޮރ ސަސްޓެއިނަބަލް ބިޒްނަސް ގްރޯތް އެންޑް އިނޮވެޝަން"އެވެ.
މިފޯރަމްގެ މައިގަނޑު މަގްސަދު ތަކަކީ، ވިޔަފާރީގެ ތަފާތު އެކި ވިސނުންތައް އެއްކޮށް، ގުޅުވައިދީ އައު ހިޔާލުތަކާއި އީޖާދުތައް ހާމަކުރެވޭފަދަ މާހައުލެއް ދަރިވަރުންނާއި މުޖްތަމައުގެ ފަރުދުންނަށާއި އަދި އެކި ސިނާއަތް ތަކަށް ފޯރުކޮށް ދިނުމެވެ. އަދި ދަރިވަރުންގެ އުފެއްދުންތެރިކަމާއި ވިޔަފާރިވެރިކަން ދައްކުވައިދިނުމުގެ އިތުރުން އުފެއްދުންތެރި ހައްލުތަކާއި އަލަށް ފާހަގަވަމުންދާ ހުނަރުވެރިންގެ ހުނަރުތައް ދައްކުވައި ދިނުމެވެ. މަސައްކަތުގެ ދާއިރާއާ ގުޅޭ ޙަޤީޤީ މަޢުލޫމާތު ފޯރުކޮށް ދިނުމާއި މާނަހުރި ގުޅުންތައް ބަދަހިކުރުމުގެ ފުރުޞަތުތައް ދަރިވަރުންނަށާއި މުޖްތަމައުގެ ވަކިވަކި ފަރުދުންނަށް ހޯދާ ދިނުމެވެ.

މިފޯރަމްގެ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:
- ދަރިވަރުންގެ ވިޔަފާރި ހުނަރު ދައްކުވައި ސްޓޯލްތައް
- ވަގުތުން ހުށަހަޅާދޭ ޕިޗް ކޮމްޕެޓިޝަން.
- ދަރިވަރުންނާއި ވިޔަފާރިތަކުގެ ނެޓްވަރކިންގ އިތުރުކުރެވޭފަދަ ހަރަކާތްތައް
- ފައިސާގެ މުއާމަލާތް ރަގަޅަށް ކުރާނެ ގޮތުގެ މައުލޫމާތު ދިނުން.
- ސްކޫލްތަކުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ދިނުން.
- ވިޔަފާރިތަކުގެ ސްޓޯލްތަކުން ހާއްސަ ޑިސްކައުންޓް ތަކާއި އެކު އެއްޗެތި ގަނެވުމުގެ ފުރުސަތު ފަހި ކޮށް ދިނުން.
- ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވޭ ހާއްސަ ޕެނަލް ޑިސްކަޝަން.
އެމްއެންޔޫ ހިތަދޫ ކެމްޕަހުން ބުނީ، މިއީ މިހާތަނަށް އައްޑޫސިޓީގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ގިނަ ހަރަކާތްތައް އެކުލެވިގެން ބޭއްވޭ ބިޒްނަސް ފޯރަމަށް ވާނެ ކަމަށެވެ.


advertisment
ހިޔާލު