34 ފަރާތަކާއެކު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ފޮތް މައުރަޒު މާދަމަ ފަށަނާއެވެ. މި މައުރަޒު ކުރިއަށް ދާނީ ސެޕްޓެމްބަރު މަހުގެ 11އިން 13އަށެވެ. މައުރަޒު އޮންނާނީ އެ ޔުނިވަރސިޓީގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަންގެ ތިންވަނަ ފަންގިފިލާގައި ހުންނަ ޕީއީ އޯލުގެއެވެ.
އެމްއެންޔޫ ފޮތް މައުރަޒަކީ ކޮންމެ އަހަރަކު ވެސް އެ ޔުނިވަރސިޓީން ކުރިއަށް ގެންދާ ބޮޑު ހަރަކާތެކެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ ފޮތް މައުރަޒަކީ ފޮތް އުފައްދާމީހުންނާއި ވިއްކާމީހުންނާއި ގަންނަމީހުންގެ ބާޒާރެކެވެ. މި މައުރަޒަކީ ދިވެހި ލިޔުންތެރީން ތަފާތު ބަސްތަކުން ލިޔެފައިވާ
ފޮތްތައް ކިޔުންތެރީންނާ ހަމައަށް ފޯރުކޮށްދޭން ދެވޭ ފުރުޞަތެކެވެ.
އެމްއެންޔޫގެ ފޮތް މައުރަޒުގެ މަޤްޞަދަކީ ދިވެހި ލިޔުންތެރިންނަށް އެ ފަރާތްތަކުގެ ހުނަރު އާންމުންނަށް ދައްކާލެވޭނޭ ފުރުޞަތު ތަނަވަސްކޮށްދިނުމާއި ޝާއިޢު ނުކުރެވި ހުރި އައު ފޮތް ފަދަ އާލާތްތައް އާންމުންނާއި ހަމައަށް ގެނެސް ދެވޭނޭ މާޙައުލެއް އުފެއްދުމެވެ. އަދި އެހެންމެ ފޮތަށް އަހުލުވެރިކުރުވުމާއި ފޮތް ކިޔުމުގެ އާދަ އުފައްދާ ދެމެހެއްޓުމުގެ ޝައުޤު އުފެއްދުމެވެ.
advertisment
ހިޔާލު