އައްޑީ ޒޯން އިންޓަރ ސްކޫލް ފެތުމުގެ މުބާރާތުން އެއްވަނަ ހިތަދޫ ސްކޫލާއި އައްޑޫ ހައި ސްކޫލުން ހޯދައިފިއެވެ. ހިތަދޫ ސްކޫލަށް އެއްވަނަ ލިބުނީ ޖޫނިއަރ ބައިންނެވެ. ސީނިއާ ބައިން އެއްވަނަ ލިބުނީ އައްޑޫ ހައި ސްކޫލަށެވެ.
މިއީ މިމުބާރާތް ކުރިއަށް ގެންދާ އަށްވަނަ އަހަރެވެ.
މި މުބާރާތުން ޖޫނިއަރ ގުރޫޕުން ދެވަނަ ލިބުނީ ޝަރަފުއްދީން ސްކޫލަށެވެ. ތިންވަނަ ލިބުނީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒަށެވެ. ސީނިއަރ ބައިން ދެވަނަ ލިބުނީ ހިތަދޫ ސްކޫލަށެވެ. ތިންވަނަ ލިބުނީ ޝަރަފުއްދީން ސްކޫލަށެވެ.
ކެޓަގަރީތަކުން ވަނަތައް ލިބުނު ސްކޫލްތަކަށް ބަލާއިރު، އެންމެ ގިނަ ވަނަތައް ލިބުނީ ހިތަދޫ ސްކޫލަށެވެ. އެ ސްކޫލުން ވަނީ ޖޫނިއަރ ކެޓަގަރީގެ އޭ ކެޓަގަރީގެ ފިރިހެން އަދި އަންހެން ބައިން އެއްވަނަ ހޯދާފައެވެ. ބީ ކެޓަގަރީން އެއްވަނަ ލިބުނީ އަންހެން ކުދިންގެ ބައިންނެވެ. ޖޫނިއަރގެ ބީ ކެޓަގަރީން އެ ސްކޫލަށް ލިބުނި ދެވަނައެވެ. ސީނިއަރ ކެޓަގަރީގެ ފިރިހެން ކުދިންގެ ބައިން އެ ސްކޫލަށް ދެވަނަ ލިބުނުއިރު އަންހެން ކުދިންގެ ކެޓަގަރީން ލިބުނީ ތިންވަނައެވެ.
ސީނިއަރ ކެޓަގަރީން ފިރިހެން އަދި އަންހެނުންގެ ބައިން އެއްވަނަ ހޯދީ އައްޑު ހައި ސްކޫލުންނެވެ.
މި މުބާރާތުގައި ޖޫނިއަރ ބައިގެ ބީ ކެޓަގަރީގެ ފިރިހެން ކުދިންގެ ބައިން އެއްވަނަ ހޯދީ ގދ. އޭއީސީއިންނެވެ. ފިރިހެން ކުދިންގެ ޖޫނިއަރ ބައިގެ އޭ ގެޓަގަރީން ދެވަނަ ވެސް އެ ސްކޫލުން ހޯދިއެވެ.
ޝަރަފުއްދީނަށް، ޖޫނިއަރ އޭ ކެޓަގަރީގެ ފިރިހެން ކުދިންގެ ބައިން ތިންވަނަ އަދި އަންހެން ކުދިންގެ ބައިން ދެވަނަ ލިބުނެއެވެ. މި އުމުރުފުރައިގެ ބީ ކެޓަގަރީން އަންހެން ކުދިންގެ ބައިން ދެވަނަ ވެސް އެ ސްކޫލަށް ލިބުނެވެ. ސީނިއަރ ކެޓަގަރީގެ ފިރިގެން ކުދިންގެ ބައިން ތިންވަނަ އަންހެން ކުދިންގެ ބައިން ދެވަނަ ޝަރަފުއްދީން ސްކޫލުން ހޯދާފައިވެއެވެ.
މި މުބާރާތުގައި ފޭދޫ ސްކޫލަށް ޔޫނިއަރ ބައިގެ ބީ ކެޓަގަރީން އަންހެން އަދި ފިރިހެން ކުދިންގެ ބައިން ތިންވަނަ ލިބިފައިވެއެވެ.
މުބާރާތުން ވަނަތައް ހޯދި ދަރިވަރުން
ޖޫނިއަރ އޭ ކެޓަގަރީ ފިރިހެން:
އެއްވަނަ: ޔުސުފު އާކިލް އާމިރު- ޝަރަފުއްދީން ސްކޫލް
ދެވަނަ: ފައުޒުﷲ އަލީ- ހިތަދޫ ސްކޫލް
ތިންވަނަ: މޫސާ މިކްޔަލް ޝަހުބާޒު- ގދ. އޭއީސި
ޖޫނިއަރ އޭ ކެޓަގަރީ އަންހެން:
އެއްވަނަ: ލާރާ ޠާއިފު- ހިތަދޫ ސްކޫލް
އެއްވަނަ: ޔާނިއާ ވިޝާމް އަޙްމަދު- ޝަރަފުއްދީން ސްކޫލް
ދެވަނަ: ރަތުވާ މަތީން- ހިތަދޫ ސްކޫލް
ތިންވަނަ: އާމިނަތު އަލްބާ ޝަނީޒު- ޝަރަފުއްދީން ސްކޫލް
ޖޫނިއަރ ބީ ކެޓަގަރީ ފިރިހެން:
އެއްވަނަ: ހުސައިން މާކިން މުޙައްމަދު- ގދ. އޭއީސީ
ދެވަނަ: އަބްދުﷲ އަލްތާފު އަޙްމަދު- ގދ. އޭއީސީ
ތިންވަނަ: ޔޫމިން އަޙްމަދު ޔައުޤޫބު- ހިތަދޫ ސްކޫލް
ޖޫނިއަރ ބީ ކެޓަގަރީ އަންހެން:
އެއްވަނަ: އާނާ އަޙްމަދު ޝިފާޢު- ހިތަދޫ ސްކޫލް
ދެވަނަ: ޚަދީޖާ ޝާހީ ޝަރީފު- ޝަރަފުއްދީން ސްކޫލް
ދެވަނަ: ލަޔާލީ ބިންތި ހުސައިން- ހިތަދޫ ސްކޫލް
ތިންވަނަ: ނަޢަލާ މުސްތަފާ- ހިތަދޫ ސްކޫލް
ސީނިއަރ އޭ ގެޓަގަރީ ފިރިހެން
އެއްވަނަ: އަޙްމަދު އަތޫފު އަލީ- އައްޑޫ ހައިސްކޫލް
ދެވަނަ: ޒަފްރާން އަޙްމަދު އަޤީލް- ހިތަދޫ ސްކޫލް
ތިންވަނަ: އަލީ ޒައިން އާރިފު- އައްޑޫ ހައި ސްކޫލް
ސީނިއަރ އޭ ގެޓަގަރީ އަންހެން
އެއްވަނަ: އާމިނަތު ޒީވާ އާމިރު- ޝަރަފުއްދީން ސްކޫލް
ދެވަނަ: މިސްކާ ޝަރީފު- އައްޑޫ ހައި ސްކޫލް
ތިންވަނަ: އަލްޔާ މުޙައްމަދު ޖަލީލް- ހިތަދޫ ސްކޫލް
ސީނިއަރ ބީ ގެޓަގަރީ ފިރިހެން
އެއްވަނަ: އަޙްމަދު ޒައުލް އަބްދުﷲ ޞާދިޤް- އައްޑޫ ހައި ސްކޫލް
ދެވަނަ: ޒަކްވާން އަބްދުﷲ އަލީ- އައްޑޫ ހައި ސްކޫލް
ތިންވަނަ: އަޙްމަދު ފާރިޤް އަލީ- އައްޑޫ ހައި ސްކޫލް
ސީނިއަރ ބީ ގެޓަގަރީ އަންހެން
އެއްވަނަ: އައިޝަތު ނަފްހާ ނަޝީދު- އައްޑޫ ހައިސް ކޫލް
ދެވަނަ: މަރިޔަމް މިނާ މުހައްމަދު ސަލީމް- އައްޑޫ ހައި ސްކޫލް
ތިންވަނަ: ނާވިޔާ ހަސަން ހުސައިން- އައްޑޫ ހައި ސްކޫލް
ހިޔާލު