ޗައިނާގައި ބާއްވާ ސައިންސް އޮލިމްޕިއާޑްގެ ގްލޯބަލް ރައުންޑަށް ބްރައިޓްވޭގެ 37 ދަރިވަރުން ހޮވިއްޖެ

ސިންގަޕުރުގެ ވަންޑާ ނޭޝަނަލް ޖޫނިއާ ސައިންސް އޮލިމްޕިއާޑުން ރަން މެޑަލް ލިބުނު ބްރައިޓްވޭގެ ދަރިވަރުން

ސިންގަޕުރުގެ ވަންޑާ ނޭޝަނަލް ޖޫނިއާ ސައިންސް އޮލިމްޕިއާޑުގައި ބައިވެރިވެ ރާއްޖޭގައި ހުންނަ ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލުގެ 37 ދަރިވަރުން މެޑަލް ހޯދައިފިއެވެ.

މި މުބާރާތް ކުރިއަށް ގެންދިޔައީ ހުސްވި  މެއި މަހުގެ 24 ވަނަ ދުވަހު ބްރައިޓްވޭގައެވެ.

ސިންގަޕުރުގެ ވަންޑާ ނޭޝަނަލް ޖޫނިއާ ސައިންސް އޮލިމްޕިއާޑުން ރިހި މެޑަލް ލިބުނު ބްރައިޓްވޭގެ ދަރިވަރުން

ބްރައިޓްވޭގެ 70 ދަރިވަރުން ސައިންސް އޮލިމްޕިއާޑުގައި ބައިވެރިވެ، 37 މެޑަލް ހޯދިއެވެ. އެއީ ރަން 9 މެޑަލާއި ރިހި 8 މެޑަލާއި 20 ލޯ މެޑަލެވެ. މެޑަލް ހާސިލްކުރި ހުރިހާ ދަރިވަރުން، އަންނަ ޑިސެމްބަރު 12 އިން 18 އަށް ޗައިނާގައި ބޭއްވާ ގްލޯބަލް ރައުންޑް – ސްޓީމް އަހެޑް 2025 އަށް ކޮލިފައިވެފައިއެވެ.

ސިންގަޕުރުގެ ވަންޑާ ނޭޝަނަލް ޖޫނިއާ ސައިންސް އޮލިމްޕިއާޑުން ލޯ މެޑަލް ލިބުނު ބްރައިޓްވޭގެ ދަރިވަރުން

ސިންގަޕޫރު ސްކޫލް ސައިންސް ސިލަބަހުގެ މައްޗަށް ބިނާކޮށް ގްރޭޑް 3 އިން 10 އަށް ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތަކީ ވިސްނުމުގެ ހުނަރު މަތިކޮށް، ސައިންޓިފިކް ކޮންސެޕްޓްތަކުގެ އެހީގައި އުފެއްދުންތެރިކަމާއި ދިމާވާ ގޮންޖެހުންތަކާ އެކު ކުރިއަށް ދިއުމަށް ހިތްވަރު ދިނުމުގެ މަގްސަދުގައި ބާއްވާ މުބާރާތެކެވެ. ބައިނަލްއަޤްވާމީ މި ޙަރަކާތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒުވާން ސައިންސްވެރިން އެއްވެ، އެފަރާތްތަކުގެ މައްސަލަތައް ޙައްލުކުރުމާއި، އުފެއްދުންތެރިކަމުގެ ދާއިރާއިން އެއްބާރުލުންދީ ޤާބިލުކަން އިތުރުކުރާނެއެވެ.

ބްރައިޓްވޭގެ ދަރިވަރުން ހޯދި ކާމިޔާބީއަށް މަރުޙަބާ ކިޔައި ދަރިވަރުންނަށް އެ ސްކޫލުން ވަނީ ތަޢުރީފުކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *