ތިމާ، އަނެކުން ފާހަގަކުރާ ނިޝާނަކީ ތިމާގެ ކިބައިގައިވާ ރީތި ސުލޫކު ކަމަށް އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލް ރިންޒީ ވަހީދު އެ ސްކޫލުގެ ދަރިވަރުންނަށް ހަނދާންކޮށްދެއްވައިފިއެވެ.
20223-2024 ވަނަ ދިރާސީ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ރޭ ރިންޒީ ވިދާޅުވީ، ތިމާއަކީ ކިހާ ވަރެއްގެ ކާކުކަން އެހެން މީހުން ދެނެގަންނާނީ ތިމާގެ ޢަމަލުތަކުން ކަމަށެވެ. މާނައަކީ ކިތަންމެ މަތީ ފާހެއް ނަގައިގެން ހުއްޓަސް އަދި ކިތަންމެ މޮޅު ހުނަރުތަކެއް ލިބިފައި ވިޔަސް، މީހާގެ އުޅުމާއި އަޚުލާޤު ވިޔާނުދާ ނަމަ އެހެން މީހުންގެ ފަރާތުން އެއްވެސް އިޙްތިރާމެއް ލޯތްބެއް ނުލިބޭނެ ކަމަށެވެ. ކިޔެވުން ކަމުގައިވިޔަސް، ކުޅިވަރާ އިތުރު ހަރަކާތް ކަމުގައިވިޔަސް، ކާމިޔާބު ދަރިވަރަކަށް ވުމަށް އެންމެ މުހިއްމީ ރިވެތި އަޚުލާޤުކަން ދަރިވަރުންނަށް ޕްރިންސިޕަލް ހަނދާންކޮށްދެއްވިއެވެ.
"ތެދެއް! ފުޓްބޯޅައަށް ވަރަށް މޮޅު ކުއްޖެއް ކަމަށް ނުވަތަ ކުލާހުން އެންމެ މޮޅު ނަތީޖާ ހޯދާ ކުއްޖާ ކަމަށް ފާހަގަވެދާނެ. އެކަމަކު އެހެންމީހުންގެ ލޯތްބާއި އިޙްތިރާމް ލިބޭނީ ރިވެތި އަޚުލާޤާ އެހެންމީހުންނަށް އިޙްތިރާމްކުރުމުގެ ސިފަ އެ ކުއްޖާގެ ކިބައިގަ ހުރި މިންވަރަކުން. ވީމާ ތިމާ އަނެކުން ފާހަގަކުރާ ނިޝާނަކީ ތިމާގެ ކިބައިގާވާ ރީތި ސުލޫކު ކަމުގައި ހަދަންވާނެ" ރިންޒީ ވިދާޅުވިއެވެ.
ދަރިވަރުންނަށް ރިންޒީ ވިދާޅުވީ، އަލިކަމާ އަނދިރިކަން ތަފާތުވާހެން އެނގުމާ ނުއެނގުން ވެސް ތަފާތުވާނެ ކަމަށާއި މިހާރަކަށް އައިސް ބައެއް ދަރިވަރުންގެ ވިސްނުމަކީ ކިޔެވުމުގަ ގިނަ ދުވަސްތައް ހޭދަނުކޮށް އަވަހަށް އެ ދާން ބޭނުންވާ ދިމާއަކަށް ކުރިޔަށްދިއުން ކަމަށެވެ. ނަމަވެސް ކޮންމެ ދާއިރާއަކުން ކުރިޔަށްދިޔަޔަސް އެ ދާއިރާއަކުން އުނގެނުން ވަރަށް މުހިއްމު ކަމަށާއި ކޮންމެ ދާއިރާއަކީ ވެސް އުނގެނި ރޯފިލައިގެން ނޫނީ ކުރިޔަށް ހިނގައިނުގަނެވޭނެ ދާއިރާތައް ކަމަށެވެ. އިޚްލާޞްތެރި ހަރުދަނާ ޚިދުމަތެއް ފޯރުކޮށްދެވޭނީ ކަމުގެ ހުނަރާއި ޤާބިލްކަން ލިބިގެން ކަމަށާއި އުއްމީދަކީ ތިޔަ ކުދިންގެ ޢާއިލާތަކަށާއި މި ޤައުމަށް އިޚްލާސްތެރި ޚިދުމަތްތަކެއް ކިޔަވައިގެން ނުކުންނަ ދަރިވަރުން ކުރުން ކަމަށް ޕްރިންސިޕަލް ރިންޒީ ވިދާޅުވިއެވެ.
ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތުގައި އެންމެ މުހިއްމު ދައުރެއް އަދާކުރަނީ މުދައްރިސުންކަން ފާހަގަކުރައްވައި، ދަރިވަރުންނަށް ވިސްނޭފަދަ މޭރުމުން، ފިލާވަޅުތައް ދެއްވަނީ ޙިކުމަތްތެރިކަމާ ރޭވުންތެރިކަމާއެކު މުދައްރިސުންކަން ފާހަގަކުރައްވައި މުދައރިސުން ކުރައްވާ ޚިދުމަތަށް ތައުރީފުކުރާ ހާލް އައްސަރިބަހާ ސާބަސް ރިންޒީ ރައްދުކުރެއްވިއެވެ.
މުދައްރިސުންގެ ކިބައިން ރިންޒީ އެދިވަޑައިގަތީ، ކިޔަވައިދެއްވުމުގައި މިނިވަންކަމާއެކު އަމިއްލައަށް އުނގެނުމަށް ފުރުސަތު ލިބޭފަދަ މާޙައުލެއް ދަރިވަރުންނަށް ފަހިކޮށްދެއްވުމަށެވެ. އަމިއްލައަށް ޒިންމާނަގައިގެން އުނގެނުމުގެ ރޫޙު ދަރިވަރުންގެ ކިބައިގައި އުފެއްދުމަށް މަސައްކަތްކޮށްދެއްވުމަށެވެ.
"އަބަދު އަނގައިންއަނގަޔަށް އަޅައިދިނުމުގެ ބަދަލުގައި އަމިއްލަ މަސައްކަތުން ދޭހަކޮށްގެން ފިލާވަޅު ލިބިގަންނަން ދަރިވަރުންނަށް ޖާގަދެއްވާށޭ. އަދި ދަރިވަރުންނަށް މަގުދައްކާ އެހީތެރިންގެގޮތުގަ ތިޔަބޭފުޅުން ތިއްބަވާށޭ. މި ތަމްރީނު ކުޑައިރުއްސުރެ ދަރިވަރުންނަށް ރަނގަޅަށް ދެވިއްޖެނަމަ މަތީ ސާނަވީ މަރުޙަލާ ކާމިޔާބުކުރުމަށް ދަރިވަރުންނަށް ފަސޭހަވާނެކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ"
އަދި ދަރިވަރުން ހަދާ އިމްތިހާނުތަކުން މަތީ ނަތީޖާތައް ހޯދުމަށް ލިބޭ ބާރަކަށްވެސް މިކަން ވާނެ. މިހާރުވެސް މިގޮތަށް ވިސްނަވާ މުދައްރިސުން މި ސްކޫލްގައި އެބަތިއްބެވި. ކުރިޔަށް އޮތް ތާނުގައި ހުރިހާ މުދައްރިސުން ވެސް މިހާރަށްވުރެ ވެސް ބޮޑަށް މި ކަމަށް ވިސްނަވައިގެން ފިލާވަޅުތައް ބައްޓަން ކުރެއްވުމަކީ އަޅުގަޑުގެ އެދުމެއް" ރިންޒީ ވިދާޅުވިއެވެ.
ބެލެނިވެރިންނަށް ރިންޒީ ވިދާޅުވީ، ދަރިވަރުންނަށް ގޭތެރެއިން އުފާވެރި މާޙައުލެއް ފަހިކޮށްދެއްވުން ވަރަށް މުހިއްމު ކަމަށާއި ދަރިވަރުންނާ ބެލެނިވެރިންގެ ގުޅުމުން އެ ކުދިންގެ ކާމިޔާބީއަށް ނުހަނު ގިނަ އަސަރުތަކެއް ކުރާކަމަށް ދިރާސާތަކުންވެސް ހާމަވާ ކަމަށެވެ. އަދި ތަޢުލީމީ އެކިއެކި މަރުޙަލާތަކުގައި ކާމިޔާބުހޯދުން ފަސޭހަވެ ކާމިޔާބު ހޯދަން އިތުރުކަމަށް ވެސް ރިންޒީ ވިދާޅުވިއެވެ.
ދަރިފުޅުގެ އެންމެ ގާތް ރަހުމަތްތެރިޔާއަކީ ބެލެނިވެރިޔާ ކަމުގައިވެ، ދަރިފުޅަށް ކުރެވޭ އިޙްސާސްތައް ބެލެނިވެރިޔާއާ ހިއްސާކުރެވޭނަމަ، އެ ކުދިންގެ ނަފުސާނީ ދުޅަހެޔޮކަމަށް ވެސް އެދެވޭ އަސަރުތަކެއްކުރާނެ. ކަމަށާއި ދަރިވަރުންނަށް ލޯތްބާއި އަޅާލުންދެއްވައި އުފަލާއި ހިތްހަމަޖެހިލައިގެން ފިކުރުތަކުން ދުރުވެތިބެ ކިޔެވޭނެ ފުރުޞަތު އެ ކުދިންނަށް ފަހިކޮށްދެއްވުމަށް ބެލެނިވެރިންނަށް ރިންޒީ އިލްތިމާސް ކުރެއްވިއެވެ. ޓެކްނޮލޮޖީގެ ވަސީލަތްތައް ފަހިކޮށްދީފައި އަބަދު ސްކްރީނަށް ބަލަން ބޭތިއްބުމުގެ ބަދަލުގައި އެ ކުދިންގެ ބޮލުގައި ލޯބިން ފިރުމާލާ އިނގިލިކުރީގައި ހިފައިގެން ބޭރަށްނުކުމެލުމަކީ ވެސް އެކުދިންގެ އުނގެނުމަށް ލިބޭނެ އެހީތެރިކަމެއްކަން ބެލެނިވެރިންނަށް ރިންޒީ ހަނދާންކޮށްދެއްވިއެވެ.
ފާއިތުވި ދިރާސީ އަހަރު އަމީނިއްޔާއިން 178 ދަރިވަރުން އޯލެވެލް ހެދިއެވެ. އޭގެ ތެރެއިން ފަސް މާއްދާއިން 62.9 އިންސައްތަ ދަރިވަރުން ފަސް މާއްދާއިން ފާސްވިއެވެ. ސާނަވީގެ ޤައުމީ ގަދަ
ހިޔާލު