އެކި ގުރޭޑްތަކުގެ މެތްސް އާއި ދިވެއްސަށް ޚާއްޞަ ކުލާސްތަކެއް މިޒާ އިންސްޓިޓިއުޓުން ފަށަން ނިންމައިފިއެވެ.
މިޒާއިން ބުނީ މެތްސްއަށް ޚާއްޞަ ކުރާ ކުލާސްތަކަކީ ގިނަ ބެލެނިވެރިންގެ އެދުމުގެ މަތިން ކުރިއަށް ގެންދަން ނިންމި ކުލާސްތަކެއް ކަމަށެވެ. މި ކުލާސްތަކުގެ ތެރެއިން މެތްސްއަށް ޚާއްޞަ ކުރާ ކުލާސްތައް ކުރިއަށް ގެންދަނީ ގުރޭޑް 4ން 8އަށް ސަރުކާރު ސްކޫލްތަކާއި އިންޓަރނޭޝަނަލް ސްކޫލްތަކުގައި ކިޔަވާ ދަރިވަރުން ވަކިކޮށް، ވަކިވަކި ކުލާސްތަކެއްގެ ގޮތުގައެވެ. އެއީ އެ ސްކޫލުތަކުގެ ސިލަބަހުގައި ތަފާތުތަކެއް ހުންނާތީއެވެ. އެހެން ނަމަވެސް ގުރޭޑް 4ން 8އަށް ދިވެއްސަށް ޚާއްޞަކުރާ ކުލާސްތައް ކުރިއަށް ގެންދަނީ އެއްކޮށެވެ.
"އަޅުގަނޑުމެންގެ ކުލާސްތައް ކުރިއަށް ގެންދަނީ ކުދިން ލިމިޓްކޮށްގެން. ބޭނުމަކީ ކޮންމެ ކުއްޖަކަށް ވެސް ސަމާލުކަން ދީގެން ކަނޑައަޅާފައި އޮންނަ ގަޑީގެ ތެރޭގައި ކިޔަވައިދިނުމަށް ފޯކަސްކޮށް، ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުން" މިޒާއިން ބުންޏެވެ.
މިޒާ އިންސްޓިޓިއުޓްގައި ދިވެހި މާއްދާ ކިޔަވައިދެނީ ވެސް ފުލްޓައިމް ޓީޗަރުންނެވެ. މިޒާއިން ވަނީ ޚާއްޝަ ކުލާހުގައި ކިޔަވައިދޭން ދިވެހިން މާސްޓަރ ނިންމައި، ކިޔަވައިދިނުމުގައި 23 އަހަރުގެ ތަޖުރިބާ ހުރި ޓީޗަރަކު ގެނެސްފައެވެ.
"ޓީޗަރު ކޮލިޓީ ވެގެން ކިޔަވައިދިނުން ރަނގަޅު ކުރެވޭނީ. ރަނގަޅު ނަތީޖާއަކަށް އެންމެ މުހިންމީ ވެސް ތަޖުރިބާ ހުރި ނަތިޖާ ނެރޭ ޓީޗަރުން"
މިޒާ އިންސްޓިޓިއުޓުން އަބަދުވެސް ބަލަނީ އެންމެ ރަނގަޅު ޓީޗަރުން ކިޔަވައިދިނުމުގައި ބޭނުން ކުރާށެވެ.
މިޒާ އިންސްޓިޓީއުޓުން ބުނީ، އޭލެވެލްގެ އިސްލާމް މާއްދާއަށް ވެސް ޚާއްޞަ ކުލާހެއް ފަށަން ނިންމާފައިވާ ކަމަށާއި އެ މާއްދާ ވެސް ކިޔަވައިދެނީ ފެންވަރު ރަނގަޅު އޭލެވެލްއަށް ކިޔަވައިދިނުމުގެ ތަޖުރިބާ ހުރި ޓީޗަރުން ކަމަށެވެ.
އޭލެވެލްގެ އިތުރުން މިޒާގެ އެންމެ ބޮޑު ސްޓްރެންތަކީ އެ ތަނުގައި ކިޔަވައިދޭ ފުލްޓައިމް ޓީޗަރުންނެވެ. ޚާއްޞަކޮށް އިނގިރޭސި މީޑިއަމް މާއްދާތައް ކިޔަވައިދޭ ހުރިހާ ޓީޗަރުންނަކީ އެ އިންސްޓިޓިއުޓްގައި ކިޔަވައިދޭން ރާއްޖެއިން ބޭރުން ގެނެސްފައިވާ ފެންވަރު ރަނގަޅު ޓީޗަރުންނެވެ. މިޒާގައި މަސައްކަތް ކުރާ ފުލްޓައިމް ޓީޗަރުންނަށް އިތުރު ތަނެއްގައި މަސައްކަތް ކުރުން އޮންނަނީ މަނާކޮށްފައެވެ. އެކަން ކޮށްފައި އޮންނަނީ ޓީޗަރުންގެ ހުރިހާ ހަކަތައެއް މިޒާއިން ކިޔަވާ ދަރިވަރުންނަށް ފޯރުކޮށްދޭން ބޭނުންވާތީއެވެ.
މިޒާ އިންސްޓިޓިއުޓުން ތަޢާރަފު ކޮށްފައިވާ "ސްކޫލް ބަޑީސް" ޓިއުޝަން މޮޑެލަކީ ޓިއުޝަނުގެ ހަޤީޤީ މަންފާ ސީދާ ދަރިވަރަށް ލިބޭ ގޮތަށް ފަރުމާ ކޮށްފައިވާ ޕްރޮގްރާމެކެވެ. ސްކޫލް ބަޑީސް ޓިއުޝަނުގެ ޚާއްޞަ ކަމަކީ ކުލާހެއްގައި ކިޔަވާ ގްރޫޕަކީ އެއް ސްކޫލެއްގެ ކުދިންތަކަކަށް ހެދުމެވެ. "ސްކޫލް ބަޑީސް"ގެ ކުލާހެއްގައި އެކި ސްކޫލްތަކުން އަންނަ ކުދިންނެއް ނުތިބޭނެއެވެ. އެ ސްކޫލެއްގައި ކިޔަވައިދޭ ބައިތަކުގެ މައްޗަށް ބިނާކޮށް ކިޔަވައިދިނުމުން ސްކޫލުގައި ކިޔަވައިދޭ އެއްޗަކަށް ފޯކަސްކުރެވި ހަޤީޤީ މާނައިގައި ޓިއުޝަނަކުން ފޯރުކޮށްދޭ އެހީތެރިކަން ކުއްޖާއަށް ސީދާ ގޮތެއްގައި ލިބިގެންދެއެވެ.
މިޒާ އިންސްޓިޓިއުޓުގެ ދަރިވަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ސައިންސްގެ މާއްދާތަކަށް ޚާއްޞަކޮށްގެން ބާއްވާ ޕްރެކްޓިކަލް ސެޝަންތަކަކީ ދަރިވަރުންގެ މަޤްބޫލުކަން ބޮޑު ސެޝަންތަކެވެ. މީގެ ބޭނުމަކީ ހަމައެކަނި ފޮތުން ކިޔެވުމުގެ ބަދަލުގައި ކުދިންނަށް ސައިންސްގެ ޕްރެކްޓިކަލް ބައިވެސް ހިމަނައިގެން ކިޔަވައިދިނުމެވެ. ހުރިހާ ފިލާވަޅެއްގެ ޕްރެކްޓިސް ނުގެންދެވުނަސް ކެމިކަލާ ނުލައި ޓެސްކިޓްތަކުގެ އެހީގައި ގެންދެވޭ ޕްރެކްޓިސްތައް ކުރިއަށް ގެންދެއެވެ. މީގެ ސަބަބުން ފިލާވަޅުގައި ބުނާއެއްޗެއް އަމަލީ ގޮތުން ދަރިވަރުންނަށް ވިސްނައިދެވި ކުރިއަށްދާން ފަސޭހަވެއެވެ.
ގުރޭޑް 1ން 12އަށް ޓިއުޝަންދޭ މިޒާ އިންސްޓިޓިއުޓްގެ ކުލާސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވެސް އޮތީ ހުޅުވިފައެވެ. މިޒާގެ ދެ ސެންޓަރެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިންގައެވެ. އެއީ ހިޔާ ޓަވަރު 2 (އޮރެންޓް ޓަވަރު( ގެ ގްރައުންޓް ފްލޯގައި ހުންނަ ސެންޓަރުން ފޯރުކޮށްދޭ ޓިއުޝަންތަކުގެ މައުލޫމާތު 7333535 ނޫނީ 7770953 ފޯނުން ސަފާވާނެއެވެ. ދެވަނަ ސެންޓަރު ހުންނަނީ ވިނަރެސް ޓަވަރ ފަސްޓް ފްލޯގައެވެ. އެތަނުން ދޭ ޚިދުމަތްތަކުގެ މައުލޫމާތު 7333636 އަދި 770953 ފޯނުން ސާފުވާނެއެވެ. އަދި މިޒާގެ ފޭސްބުކް ޕޭޖް Miza Institute ޒިޔާރަތްކޮށް ލުމުން ވެސް ކުރިން ނޭނގޭ އެތައް މައުލޫމާތެއް ލިބޭނެއެވެ.
ހިޔާލު