19 އަހަރަށްފަހު މަޖީދިއްޔާގެ ހައުސްތަކުގެ މެދުގައި ކުޅިވަރު މުބާރާތެއް

19 އަހަރަށްފަހު މަޖީދިއްޔާ ސްކޫލުގައި ހައުސްތަކުގެ މެދުގައި މުބާރާތްތަކެއް ބާއްވައިފިއެވެ.

އިންޓަރ ހައުސް ސްޕޯޓްސް ފިއެސްޓަރގެ ނަމުގައި ކުޅިވަރު ހަރަކާތްތައް ގުރޭޑް 6ން މަތީގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔައީ އެކުވެނި ދަނޑުގައެވެ. ގުރޭޑް5ން ދަށުގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔައީ ފުރަތަމަ ޓާމުގެ ތެރޭގައި އެ ސްކޫލުގައެވެ.

ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހު، އިންޓަރ ހައުސް ސްޕޯޓްސް ފިއެސްޓަރގެ ނަމުގައި ކުރޅިވަރު ހަރަކާތްތަކުގެ ގޮތުގައި ކުޔރިއަށް ގެންދިޔައީ އެތްލެޓިކްސްގެ ހަރަކާތްތަކެއެވެ. ކުރިއަށް ގެންދިޔަ ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި ދުވުމާއި ދިގުފުން، ހާޑް ބޯލް ތްރޯ މިޑްލޭ ރެލީ އޮބްސްޓިކަލް ރޭސް ހިމެނެއެވެ. ދުވުމުގައި 60 މީޓަރާއި 100 މީޓަރާއި 150 މީޓަރާއި 400 މީޓަރުގެ އިތުރުން 800 މީޓަރު ދުވުން ހިމެނެއެވެ.

މި މުބާރާތުގައި ވާދަކުރީ އެ ސްކޫލުގެ ހަތަރު ހައުސްގެ ދަރިވަރުންނެވެ. އެއީ ޝަހީދު އަލީ ހައުސް އާއި ހުރަވީ ހައުސްއާއި ޣާޒީ ހައުސްއާއި ސިކަންދަރު ހައުސްއެވެ.

ގިނަ ހަރަކާތްތަކުން އެއްވަނަ ހޯދާ ސްޕޯޓްސް ފިއެސްޓަރއިން އެއްވަނައަށް ދިޔައީ ސިކަންދަރު ހައުސްއެވެ. ރަނަރަޕަކަށް ދިޔައީ ޝަހީދު އަލީ ހައުސްއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *