ޖޫނިއަރ ޗެމްޕިއަންޝިޕްގެ ސްކޫލް އެޑިޝަން ބާސްކެޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ޖޫނިއަރ ޗެމްޕިއަންޝިޕްގެ ސްކޫލް އެޑިޝަން ބާސްކެޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.

ބާސްކެޓްބޯޅަ އެސޯސިއޭޝަނުން މިއަދު ބުނެފައި ވަނީ،، މި މުބާރާތް ފަށަން ތާވަލުކޮށްފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 7ވަނަ ދުވަހުއެވެ. މި މުބާރާތުގެ 15 އަދި 17 އަހަރުންދަށުގެ އަންހެން އަދި ފިރިހެން ކެޓަގަރީގައި ބައިވެރިވުމަށް އެދޭ ސްކޫލް / މަދަރުސާ ތަކުން 24 އޯގަސްޓް 2025 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މުބާރާތުގެ ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރައްވާ އެ އެސޯސިއޭޝަން އަށް  އީމެއިލް ކުރުމަށާއި ޓީމްލިސްޓް ފޯމް، 31 އޯގަސްޓް 2025 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން އެ އެސޯސިއޭޝަން އަށް އީމެއިލް ކުރުމަށް އެދިފައިވެއެވެ.

އެ އެސޯސިއޭޝަނުން ބުނީ، ސުންގަޑި ހަމަވުމަށްފަހު އެއްވެސް ސްކޫލްއެއްގެ ރެޖިސްޓްރޭޝަން ފޯމް އަދި ޓީމްލިސްޓް ވެސް ބަލައިނުގަނެވޭނެ ކަމަށެވެ.

ޖޫނިއަރ ޗެމްޕިއަންޝިޕް ސްކޫލް އެޑިޝަން ކުރިއަށް ގެންދަނީ ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ 15 އަހަރުން ދަށް ފިރިހެން އަދި އަންހެން އުމުރުފުރައާއި 17 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން އުމުރުފުރައެވެ.

15 އަހަރުން ދަށުގެ އުމުރުގައި ބައިވެރިވެވޭނީ 2025 ވަނަ އަހަރުގެ އެއްވެސް ތާރީޚެއްގައި 16 އަހަރު ނުފުރޭ ކުދިންނެވެ. 17 އަހަރުން ދަށުގެ އުމުރުފުރައިގައި ބައިވެރިވެވޭނީ، 2025 ވަނަ އަހަރުގެ އެއްވެސް ތާރީޚެއްގައި 18 އަހަރު ނުފުރޭ ކުދިންނަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *