ބެޗްލަރސް އޮފް އިކޮނޮމިކް މެނޭޖްމަންޓް- އިކޮނޮމިސްޓަކަށް ވުމުގެ ފުރަތަމަ ބިންގާ

ބެޗްލަރ އޮފް އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް ކޯހަކީ ދުނިޔޭގެ ފެންވަރުގައި އިޤްތިޞާދާއި ވިޔަފާރީގެ ކަންކަން ދެނެގަނެވޭ ޖެނެރަލް އަންޑަރގްރެޖުއޭޓް ޑިގްރީ ޕްރޮގްރާމެކެވެ. މި ކޯހުގައި ފުޅާދާއިރާއެއްގައި މަލްޓި ޑިސިޕްލިނަރީ އެޕްރޯޗެއް ހިމަނާފައިވާއިރު، ޕްރޮފެޝަނަލް ދާއިރާއަކުން ސްޕެޝަލައިޒްޑް ސްޓަޑީއަކަށް ފުރުސަތު ދިނުމުގެ މަގު ފަހިކޮށްދީފައިވެއެވެ. މި ޑިގްރީގެ ސަބަބުން އިޤްތިޞާދުތަކާއި ޖަމްޢިއްޔާތައް ހިނގަމުންދާ ގޮތާއި ވަސީލަތްތައް ބެހި، މެނޭޖްކުރާ ގޮތާ ގުޅުންހުރި މުހިންމު މައްސަލަތައް ދިރާސާކުރުމަށް ދަރިވަރުންނަށް މަގުފަހިވެގެން ދެއެވެ.

ހުރިހާ ޖަމްޢިއްޔާތަކަށާއި ޤައުމުތަކަށް ބާރުފޯރުވާ އިޤްތިޞާދީ ޙަރަކާތްތަކުގެ މަޢުލޫމާތު ފޯރުކޮށްދޭ އިރު، މެނޭޖްމަންޓުން މި ޙަރަކާތްތަކުގެ ސިފަތަކާއި މަޤްޞަދުތައް ވަޒަންކުރެއެވެ. ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ކުރިއަށް ގެންދާ ބެޗްލަރ އޮފް އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް ކޯހުން، ވަކިވަކި މާކެޓްތައް ހިނގަމުންދާ ގޮތާއި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން އިޤްތިޞާދަށް އަސަރުކުރާ ގޮތާއި، އޭގެ ސަބަބުން ވިޔަފާރީގެ ނިންމުންތަކަށް އަސަރުކުރާ ގޮތް ދަރިވަރުންގެ ވިސްނުން އިތުރު ކޮށްދެއެވެ. އަދި އެނަލިޓިކަލް ރިޒަނިން، ޑޭޓާ އެނަލިސިސް އަދި ކްރިޓިކަލް ތިންކިން ފަދަ މުހިންމު ތިއޮރިޓިކަލް އާއި ޕްރެކްޓިކަލް ހުނަރުތައް ވެސް ފޯރުކޮށްދެއެވެ.

މި ޑިގްރީ ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ މުވާސަލާތީ ދާއިރާއާއި ޓީމްވޯކް ހެދުމާއި މައްސަލަ ހައްލުކުރުމާއި ދިރާސާކުރުމުގެ ހުނަރު ތަރައްގީ ކުރުމަށެވެ. މި ހުނަރުތަކަކީ ހަމައެކަނި ވިޔަފާރީގެ މާހައުލުތަކަށް ނޫނީ އާންމު ދިރިއުޅުމަށް ވެސް ކޮންމެހެން ބޭނުންތެރި ހުނަރުތަކެކެވެ. އެހެންވީމާ، އެހެން ކަމުން ޕްރޮގްރާމުން ކެރިއަރގެ އެކި އެކި މަގުތަކަށް ދަރިވަރުން އަހުލުވެރިކޮށްދޭ ފުރިހަމަ ކަރިކިއުލަމެއްގެ ގޮތުގައި ވާނެއެވެ.

މިއީ ޕްރެކްޓިކަލް އެޕްރޯޗެއް އޮންނަ އަދި އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ އަދި ނިއުޒިލޭންޑުން ލިބެން ހުރި ޖެނެރަލިސްޓް އިކޮނޮމިކްސް އާއި ބިޒްނަސް ޑިގްރީއާ އެއްގޮތަށް އެކުލަވާލާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ހިމަނާފައިވާ މި އެލައިންމަންޓްގެ ސަބަބުން ބެންޗްމާކިންއަށް މަގުފަހިވެ، މި ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަށް ބައިނަލްއަގްވާމީ ޔުނިވާސިޓީތަކުގައި އިކޮނޮމިކްސް ނުވަތަ މެނޭޖްމަންޓާ ގުޅުންހުރި ދާއިރާތަކުން ޕޯސްޓްގްރެޖުއޭޓް ކިޔެވުން ކުރިއަށް ގެންދިއުމަށް މަގުފަހިވެގެން ދެއެވެ.

ދެވަނަ ޓާމުގައި ޤައުމީ ޔުނިވަރސިޓީން ފަށާ މި ކޯސް ހިންގަނީ މާލޭގައި ހުންނަ އެ ޔުނިވަރސިޓީގެ މައިކެމްޕަހުގައެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ އަސާސީ މިންގަނޑަކީ:
  • ޖީސީއީ އޭއެލް/އެޗްއެސްސީގެ ދެ ފާސް، އޭގެ ތެރޭގައި ޖީސީއީ އޭލެވެލް މާއްދާއެއް ހިމެނޭގޮތަށް ނުވަތަ
  • އެމްއެންޔޫ ލެވެލް 4 ފައުންޑޭޝަން ސްޓަޑީ ޓާގެޓް ޕްރޮގްރާމެއް ހާސިލްކުރުން ނުވަތަ
  • 3ގުޅުންހުރި ދާއިރާއަކުން އެމްކިއުއޭ ލެވެލް 4 ގެ ސަނަދެއް ހާސިލްކުރުން.

ތިން އަހަރު ދުވަހަށް، ހަ ސެމެސްޓަރ އަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ވިޔަފާރީގެ ދާއިރާގެ އެނަލިސްޓެއްގެ ގޮތުން ނޫނީ ކުރިއަށް ދިއުމުގެ ފުރުޞަތު ހުޅިވިގެންދާނެއެވެ.

މި ޕްރޮގްރާމްއާ ބެހޭ އިތުރު މައުލޫމާތު https://courses.mnu.edu.mv/course/231

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ އޮގަސްޓް މަހުގެ 5ވަނަ ދުވަހެވެ. ކޯހަށް ރަޖިސްޓްރީ ވުމަށް https://portal.mnu.edu.mv/ އިން ރަޖިސްޓްރީ ކުރެވޭނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *