މަސްވެރިކަމަކީ އެއީ ބައެއް ފަހަރު މަޖަލަކަށް ކުރާކަމެކެވެ. އެއާއެކު އެއީ ނަފާ ލިބޭ ވިޔަފާރިއެއްވެސް މެއެވެ. ސްޕޯޓްފިޝިންގ އަކީ ގިނަ ބައެއްގެ ޝައުޤުވެރިކަން އެކަމަށް އެނބުރެމުންދާ ބޮޑު ހަރަކާތެކެވެ. ހަފްތާ ބަންދުގެ "މަޖަލުގައި" ގިނަ ބައެއްގެ މުނިފޫހި ފިލުވުމުގެ ގޮތުން ކުރަމުން އަންނަ ކަމެއް ވެސް މެއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތިނަދޫ އާއި ކުޅުދުއްދުށީ ކެމްޕަހުން މި އަހަރުގެ ދެވަނަ ޓާމަށް ހުޅުވާލި ކޯސްތަކުގެ ތެރޭގައި "ސްޕޯޓްފިޝިންގ ގައިޑިންގ" ކޯހެއް ހިމެނެއެވެ. ސެޓްފިކެޓް ލެވެލް 3ގެ މި ކޯހަކީ ސްޕޯޓްފިޝިންގގެ އެކްސްޕާޓަކަށް ވުމަށް އެޅޭ މުހިންމު ބިންގަލެކެވެ. މަޖަލަކަށް ކުރަންފެށި މަސްވެރިކަމުގެ ދަތުރު ރަނގަޅު އާމްދަނީއެއް ލިބޭ ވަޒީފާއަކަށް ނޫނީ ވިޔަފާރީއަކަށް ބަދަލުކޮށްލުމުގެ ފަހި ފުރުޞަތެކެވެ.
މި ކޯހަށް ވަނުމުގެ ސުންގަޑިއަކީ އަންނަ އޮގަސްޓް މަހުގެ 5 ވަނަ ދުވަހެވެ. ކޯހަށް ވަނުމަށް މި ލިންކުގެ ބޭނުން ކުރެވޭނެއެވެ.
އަށާރަ އަހަރުން މަތީގެ ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ މި ކޯހަށް ވަނުމަށް ބޭނުންވަނީ ލެވެލް 2ގެ ސެޓްފިކެޓެއް ނޫނީ ބޭސިކް އެޑިޔުކޭޝަން ފުރިހަމަކޮށްފައި ވުމެވެ.
ކޯސް ކުރިއަށް ގެންދަނީ އޮންލައިންކޮށާއި ކުލާސްތަކަށް ހާޒިރުވެގެންނެވެ.
ރާއްޖޭގެ ސާފު ކަނޑުގެ ސަރަޙައްދާއި، ކަނޑުގެ ދިރުންތައް ގިނަވުމާއި، ހަނދާން ނައްތާނުލެވޭ ފަދަ މަސްވެރިކަމުގެ އެޑްވެންޗަރތަކުގެ ސަބަބުން މުޅި ދުނިޔޭގައި ވެސް ރާއްޖެ ވަނީ ފާހަގަކޮށްލެވޭ ޤައުމަކަށްވެފައެވެ. ކޮންމެ އަހަރަކުވެސް އެތައް ހާސް ބަޔަކު މިތަނަށް ޒިޔާރަތްކުރަނީ އެ އުންމީދާއެކުގައެވެ. މަސްވެރިކަމުގެ ތަފާތު ތަޖުރިބާތަކުން އެމީހުންގެ ދާއިމީ ހަނދާންތައް އާކުރެއެވެ.
އެމްއެންޔޫގެ ސްޕޯޓްސް ފިޝިންގައިޑް ކޯހަކީ މޫދަށް އޮތް ލޯބި ކެރިއަރަކަށް ބަދަލުކުރަން ބޭނުންވާ ދިވެހިންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ކޯހެކެވެ. މި ޕްރޮގްރާމުގެ ސަބަބުން ރާއްޖޭގެ ކޮންމެ ތަނެއްގައި ވެސް ކުޅިވަރު މަސްވެރިކަމުގެ ގައިޑެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ބޭނުންވާ ހުނަރާއި ޢިލްމާއި ޔަގީންކަން ލިބިގެންދާނެއެވެ. އެއީ،
ލޯކަލް ގެސްޓްހައުސްތަކުގައި ވިޔަސް، މަތީ ފަންތީގެ ރިސޯޓްތަކުގައި ވިޔަސް، ނުވަތަ ކުރިއަށް އޮތް ޖީލުގެ ގައިޑުންނަށް ހިތްވަރުދޭ ޓްރެއިނަރެއްގެ ގޮތުގައެވެ.
ކުޅިވަރު މަސްވެރިކަމުގެ ދާއިރާއިން ކުރިއަށް ދާންވީ ކީއްވެ؟
ކުޅިވަރު މަސްވެރިކަމަކީ ރާއްޖެއަށް އެންމެ ޑިމާންޑް ބޮޑު ޓޫރިސްޓުންގެ ތެރޭގައި ހިމެނޭ ކަމެކެވެ. ތަފާތު އަދި ޕާސަނަލައިޒްޑް ތަޖުރިބާތަކަށް އޮންނަ ޑިމާންޑް އިތުރުވަމުންދާއިރު، ހުނަރުވެރި މަސްވެރިކަމުގައި ހަރަކާތްތެރިވާ ގައިޑުންގެ ބޭނުން އިހުނަށްވުރެ ބޮޑެވެ. ސެޓިފައިޑް ގައިޑެއްގެ ހައިސިއްޔަތުން ފްލެކްސިބަލް ވޯކް އޮޕްޝަންތަކާއި، ރަނގަޅު އާމްދަނީއެއް ލިބުމާއި، މޫދުގައި ދުވަސްތައް ހޭދަކުރުމުގެ ފުރުސަތު ލިބުމަކީ ތިމާއަށް ޝައުގުވެރިވާ ކަންކަން ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމެކެވެ.
މި ކޯހުގައި ރައްކާތެރި އަދި އުފާވެރި މަސްވެރިކަމުގެ ދަތުރުތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ އެންމެހާ މައުލޫމާތު ތައް ހިމަނާފައިވެއެވެ• މަސްވެރިކަމުގެ ހަރުދަނާ ގޮތްތަކާއި ޓެކްނިކްސްތަކާޢި މަސްވެރިކަމުގެ އާލަތްތަކާއި ސޭފްޓީ ޕްރޮޓޮކޯލްސް އަދި އިމަޖެންސީ ރެސްޕޮންސް އާއި ތިމާވެށީގެ ގޮތުން ޒިންމާދާރު މަސްވެރިކަމުގެ ގޮތްތަކާއި ކަސްޓަމަރުންގެ ހިދުމަތާއި ގައިޑެއްގެ ކުރުމުގެ ހުނަރާއި ކަސްޓަމަރުންނަށް ހިދުމަތް ދޭނެ ގޮތްތައް ދަސްކޮށްދެއެވެ.
އެމްއެންޔޫގެ ސްޕޯޓްސް ފިޝިންގ ގައިޑް ކޯހުގެ ދަސްވެނިންނަށް ވަޒީފާގެ ފުރުޞަތުތައް ހުޅުވިގެން އަންނައިރު، ރަށްފުށުގައިވާ ގެސްޓްހައުސްތަކުގައި ސްޕޯޓްފިޝިންގ ގައިޑުންނާއި، ރިސޯޓްތަކާއި ސަފާރީ ބޯޓުތަކަށް ބޭނުންވާ ސްޕޯޓްފިޝިންގ ގައިޑުންނާއި، އިންސްޓިޓިއުޓްތަކުގައި ސްޕޯޓްސް ފިޝިންގ ޓްރެއިނަރުން ނުވަތަ ކޮމިއުނިޓީ ޓްރެއިނިންގ ޕްރޮގްރާމްތައް ހިންގޭނެއެވެ. ރަށު މުޖުތަމައުގައި، ދުނިޔޭގެ ފެންވަރުގެ ރިސޯޓެއްގައި ވަޒީފާ އަދާކުރުމުގެ ހުވަފެން ފެނުނު ކަމުގައި ވިޔަސް، ނުވަތަ އަމިއްލަ އަށް މަސްވެރިކަމުގެ ދަތުރުތައް ހިންގުމުގެ ހުވަފެން ފެނުނަސް، މި ކޯހަކީ ތިބާގެ ފުރަތަމަ ފިޔަވަޅެވެ.
މޫދަށް ޝައުގުވެރިކަން އުފެދި، އެހެން މީހުންނާ ހިއްސާކޮށްގެން އުފާކުރާ ނަމަ، މި ފުރުސަތުގެ ބޭނުން ހިފައި، ފައިދާހުރި ކުރިމަގެއް ގާއިމު ކުރެވިދާނެއެވެ. އެމްއެންޔޫގެ ސްޕޯޓްސް ފިޝިންގައިޑް ކޯހުގައި ބައިވެރިވެގެން ރާއްޖޭގެ މަސްވެރިކަމުގެ ހަނދާން ނައްތާނުލެވޭ ފަދަ ތަޖުރިބާތައް ކުރުމަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަކީ އެއީ ލިބޭ ކުޑަ އުފަލެއް ވެސް ނޫނެވެ.
ހިޔާލު