ކުޅުދުއްފުށި ސިޓީގައި ބޭއްގި އިންޓަރ ސްކޫލް އެތްލެޓިކްސް މީޓުގައި ބޮޑު އެންމެ ކާމިޔާބެއް ހޯދީ ށ. މިލަންދޫ ސްކޫލާއި ޖަލާލުއްދީން ސްކޫލުންނެވެ. މިލަންދޫ ސްކޫލުން ހަތަރު ޢުމުރުފުރައެއްގެ ފިރިހެން ޗެމްޕިއަންކަން ހޯދާފައިވެއެވެ.
19 ސްކޫލަކުން ބައިވެރިވި މި މުބާރާތުގެ 13 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން މިލަންދޫ ސްކޫލުން ހޯދީ 133 ޕޮއިންޓް ބޮޑުތަފާތަކުންނެވެ. މި ކެޓަގަރީގައި އެ ސްކޫލާވާ ވާދަކުރި ނޮޅިވަރަންފަރު ސްކޫލަށް ލިބުނީ 59 ޕޮއިންޓެވެ. 15 އަހަރުން ދަށުގެ ޗެމްޕިއަން ޓީމުގެ މަގާމް މިލަންދޫ ސްކޫލުން ހޯދީ 12 ރަން މެޑަލް އާއި 4 ރިހި މެޑަލް އަދި 6 ލޯމެޑަލް ހޯދައިގެންނެވެ. 17 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން އެ ސްކޫލުން ހޯދީ 13 މެޑަލް ހޯދައިގެންނެވެ. އެއީ 5 ރަންމެޑަލާއި 3 ރިހި މެޑަލްގެ އިތުރުން 5 ލޯ މެޑަލެވެ. 20 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަން މިލަންދޫ ސްކޫލުން ހޯދީ، 3 ރަންމެޑަލާއި 6 ރިހިމެޑަލާއި 5 ލޯމެޑަލް އާއެކު ޖުމްލަ 14 މެޑަލް ހޯދައިގެންނެވެ.
15 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމް ހޯދީ މިލަންދޫ ސްކޫލްގެ އިބްރާހިމް ނަޝީޙް އަލީއެވެ. ނަޝީޙް ވަނީ ޓްރިޕަލް ޖަމްޕް، ހައި ޖަމްޕް އަދި 80 މީޓަރު ހާރޑަލްސް އިން ރަން މެޑަލް ހޯދާ ޓްރިޕަލް ޖަމްޕާއި 80 މީޓަރު ހާރޑަލްސްގެ މީޓް ރެކޯޑް އާއެކޮށްފައެވެ.
17 އަހަރުން ފިރިހެން އެންމެ މޮޅު އެތްލީޓަކީ މިލަންދޫ ސްކޫލުގެ މުހައްމަދު ޒައިދާން ޒައިންއެވެ. ޓްރިޕަލް ޖަމްޕް އަދި ހައިޖަމްޕުން ރަންމެޑަލް ޓްރިޕަލް ޖަމްޕިންގ އިން މީޓް ރެކޯޑް އޭނާ ޤާއިމްކޮށްފައިވެއެވެ.
މި މުބާރާތުގެ 13 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ހޯދީ ނައިވާދޫ ސްކޫލުންނެވެ. އެއީ 108 ޕޮއިންޓް ހޯދައިގެންނެވެ. އެ ސްކޫލާ ވާދަކޮށް ދެވަނަ ހޯދި އަފީފުއްދީން ސްކޫލަށް ލިބުނީ 99 ޕޮއިންޓެވެ. 13 އަހަރުން ދަށުގެ ފިރިހެން ބައިން ތިންވަނަ ހޯދީ ހދ ނާވައިދޫ ސްކޫލުންނެވެ. 13 އަހަރުން ދަށުގެ އަހެން ބައިން ތިންވަނަ ހޯދީ ޖަލާލުއްދީން ސްކޫލުންނެވެ. 13 އަހަރުން ދަށުގެ ފިރިހެން ބައިން ދެވަނަ ސްކޫލަކީ ނޮޅިވަރަންފަރު ސްކޫލެވެ. އަންހެން ކުދިންގެ ބައިން ދެވަނަ ސްކުލަކީ އަފީފުއްދީން ސްކޫލެވެ.
15އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ހޯދީ އަފީފުއްދީން ސްކޫލުންނެވެ. އެ ސްކޫލުން ޗެމްޕިއަންކަން ހޯދީ 8 ރަން މެޑަލް، 5 ރިހި މެޑަލް އަދި 3 ލޯ މެޑަލް ހޯދައިގެންނެވެ.
15 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލީތުގެ މަގާމް ހޯދީ އަފީފުއްދީން ސްކޫލްގެ އައިމިނަތު އައުހާ އަބުދުއް ރަހުމާންއެވެ. އައުހާ ވަނީ ލޯންގް ޖަމްޕާއި 100 މީޓަރު އަދި 200 މީޓަރު ރޭހުން ރަން މެޑަލް ހޯދާ ލޯންގް ޖަމްޕްގެ މީޓް ރެކޯޑް އާކޮށްފައެވެ.
17 އަހަރުން ދަށް އަންހެން ޗެމްޕިއަން ސްކޫލަކީ ޖަލާލުއްދީން ސްކޫލެވެ. އެ ސްކޫލަށް 6 ރަންމެޑަލާއި 2 ރިހި މެޑަލާއި 4 ލޯ މެޑަލްއާއެކު ޖުމްލަ 12 މެޑަލް ލިބިފައިވެއެވެ.
20 އަހަރުން ދަށް އަންހެން ޗެމްޕިއަނުންނަކީ ވެސް ޖަލާލުއްދީން ސްކޫލެވެ. 7 ރަން މެޑަލާއި 3 ރިހި މެޑަލާއި 3 ލޯ މެޑަލާއެކު ޖުމްލަ 13 މެޑަލް މި ކެޓަގަރީން ޖަލާލުއްދީން ސްކޫލުން ހޯދާފައިވެއެވެ.
17 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތްލީޓަކީ ޖަލާލުއްދީން ސްކޫލުގެ މަރިޔަމް މީޝާ މުޖްތަބާއެވެ. އޭނާ ވަނީ 200 މީޓަރާއި 400 މީޓަރަކާއި ލޯންގ ޖަންޕިންގއިން ރަންމެޑަލް ހޯދާފައެވެ.
20 އަހަރުން ފިރިހެން އެންމެ މޮޅު އެތްލީޓަކީ ޖާލާލުއްދީން ސްކޫލުގެ އަޙްމަދު ޝައްމާޙް އަލީއެވެ. 100 މީޓަރާއި 200 މީޓަރާއި 400 މީޓަރު ދުވުމުން ރަންމެޑަލް އޭނާ ހޯދާފައިވެއެވެ.
20 އަހަރުން އަންހެން އެންމެ މޮޅު އެތްލީޓަކީ އެތްލެޓިސްގައި ބޮޑު ކާމިޔާބެއް ހޯދަމުން އަންނަ ޖަލާލުއްދީން ސްކޫލުގެ އަހުނާ ނިޒާރެވެ. 100 މީޓަރާއި 200 މީޓަރާއި 400 މީޓަރު ދުވުމުން ރަންމެޑަލް ހޯދާ، 100 މީޓަރާއި 200 މީޓަރު ދުވުމުން މީޓް ރެކޯޑް އޭނާ ހަދާފައިވެއެވެ. 2023 ވަނަ އަހަރު ކުޅުދުއްފުށީގައި ބޭއްވި އެސްޓިއޯ މަކިޓާ ޖޫނިއަރ ޗެމްޕިއަންޝިޕްގައި 17 އަހަރުން ދަށުގެ އެންމެ މޮޅު އެތްލީޓްގެ މަގާމާއި މުބާރާތުގެ އެންމެ މޮޅު އެތްލީޓްގެ މަޤާމް ވެސް ހޯދާފައި ވަނީ އަހުނާއެވެ.
އިންޓަރ ސްކޫލް އެތްލީޓްސް މުބާރާތުގައި މި އަގަރު 721 އެތްލީޓުން 108 އިވެންޓްގައި ބައިވެރިވެފައިވެއެވެ.
ހިޔާލު