ކުޅުދުއްފުށީ ސިޓީގައި ބާއްވާ އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތުގައި 21 ސްކޫލަކުން ބައިވެރިވެއްޖެއެވެ.
މި މުބާރާތް ބާއްވަނީ މި މަހު 21ން 26ގައި ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައެވެ. މި މުބާރާތުގައި ޖުމްލަ 774 އެތްލީޓުން ވާދަކުރެއެވެ.
ކުޅުދުއްފުށީގައި މި މުބާރާތް ބޭއްވުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސަނީ ސިޓީ ކައުންސިލުންނެވެ.
ކުޅުދުއްފުށީގައި އެންމެ ފަހުން ބޭއްވީ މަކިޓަރ ޖޫނިއަރ ޗެމްޕިއަންޝިޕެވެ. ކުޅުދުއްފުށީ ސްކޫލްތަކުން އަންނަނީ އެތްލެޓިސްގައި ރަނގަޅު ނަތީޖާއެއްވެސް ހޯދަމުންނެވެ.
ހިޔާލު