ފީބާ އަންޑަރ16 އޭޝިއާ ކަޕް ސަބާ ކޮލިފަޔަރސް އަދި ފީބާ އަންޑަރ16 ވިމެންސް އޭޝިއާ ކަޕް ސަބާ ކޮލިފަޔަރސް – ޕަވަރޑް ބައި ދިރާގ،ު މިއަދ،ު 12 ޖޫން 2025 ވާ ބުރާސްފަތި ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވ.ެ މި މުބާރާތް ކުރިއަށްދާނީ ސޯޝަލް ސެންޓަރ އެތެރެ ކޯޓުގައެވެ.
12 އިން 16 ޖޫން 2016 އަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖެ ހިމަނައިގެން ސައުތު އޭޝިއާގެ 4 ގައުމު ވާދަކުރާނެއެވ.ެ އެއ،ީ އިންޑިއ،ާ ބަންގްލަދޭޝް އަދި ސްރިލަންކާއެވ.ެ މިއީ ފީބާ 16 އަހަރުން ދަށުގެ ބައިނަލްއަގްވާމީ ބާސްކެޓްބޯޅަ މުބާރާތެއް ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވ.ެ މި ތާރީހީ މުބާރާތް ރާއްޖޭގައި ބޭއްވުމަކީ މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން ހޯދައިފައިވާ ފަހުރުވެރި ކާމިޔާބީއެކެވ.ެ އަދި މިއީ ރާއްޖޭގެ ޒުވާނުންގެ ކުޅިވަރު ތަރައްގީއަށް ލިބުނު ބޮޑުކުރިއެރުމެކެވެ.
މި މުބާރާތުގައ،ި ދިވެހި އަންހެން ބާސްކެޓް ގައުމީ ޓީމު ހަވީރު 5:30 ގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރ،ު މިރޭ 8:00 ގައި ފިރިހެން ގައުމީ ބާސްކެޓް ޓީމު ބައްދަލުކުރާނީ ސްރިލަންކާއާ ދެކޮޅަށެވ.ެ
ދިރާގަކީ ފެށުނީއްސުރެ ރާއްޖޭގައި ބާސްކެޓްބޯޅަ ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެކެވެ. މިގޮތުނ،ް ގައުމީ ފެންވަރުގައި ވެސް މި ކުޅިވަރު ކުރިއެރުމަށް ދިރާގުން ދަނީ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންނެވެ.
ހިޔާލު