ތިލަދުން މަތީ އިންޓަރ ސްކޫލް ސްވިމިން މުބާރާތުގައި ޖޫނިއާ އަދި ސީނިއާ ކެޓަގަރީން އެންމެ މޮޅު ސްކޫލަކަށް ހއ. އަތޮޅު ތައުލީމީ މަރުކަޒު (ހއ. އޭއީސީ) ހޯދައިފިއެވެ. މިދިޔަ ދެ މުބާރާތުގައި ވެސް އެންމެ ކާމިޔާބު ސްކޫލަކީ ހއ. އޭއީސީއެވެ.
ޖޫނިއަރ ކެޓަގަރީން އެއްވަނަ ސްކޫލުގެ މަޤާމް ހޯދީ 750 ޕޮއިންޓް ހޯދައިގެންނެވެ. ސީނިއަރ ކެޓަގަރީން އެއްވަނަ ސްކޫލްގެ މަޤާމް ހޯދީ 255 ޕޮއިންޓުންނެވެ.
ޖޫނިއާ ކެޓަގަރީން ދެވަނައަށް ދިޔައީ އަފީފުއްދީން ސްކޫލެވެ. ތިންވަނަ އަށް ދިޔައީ ށ އަތޮޅު މަދަރުސާ އާއި ހދ ނައިވާދޫ ސްކޫލެވެ.
ސީނިއާ ކެޓަގަރީން ދެވަނައަށް ދިޔައީ އަފީފުއްދީން ސްކޫލެވެ. ތިންވަނަ އަށް ދިޔައީ ހަނިމާދޫ ސްކޫލެވެ.
ޖޫނިއާ އޭ ކެޓަގަރީގެ ފިރިހެން ކުދިންގެ ބައިން އެއްވަނަ ދެވަނަ އަދި ތިންވަނަވެސް ހާސިލުކުރީ ހއ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނެވެ.
މުބާރާތުގެ އެންމެ މޮޅު ފެތުންތެރިން:
ޖޫނިއާ އޭ ކެޓަގަރީގެ ފިރިހެން
1 ވަނަ : ލައިޝާން މުހައްމަދު (ހއ. އޭއީސީ)
2 ވަނަ : މުހައްމަދު އިޒްކާން ބިން އިސްމާއިލް ނަސީރު (ހއ. އޭއީސީ)
2 ވަނަ : އިޒްކާން ހުސެއިން ބަދީއު (ހއ. އޭއީސީ)
3 ވަނަ : އަހުމަދު އަލްޔާން ބިން އަބުދުﷲ (ހއ. އޭއީސީ)
ޖޫނިއާ އޭ ކެޓަގަރީއަށް އަންހެން
1 ވަނަ : ފާތިމަތު ސަމޫހާ މުންނަވަރު (ހއ. އޭއީސީ)
2 ވަނަ : އައުހާ އަބުދުއްރަހުމާން (އަފީފުއްދީން ސްކޫލް)
3 ވަނަ : އާނީ ހުސެއިން އަހުމަދު (އަފީފުއްދީން ސްކޫލް)
ޖޫނިއާ ބީ ކެޓަގަރީގެ ފިރިހެން
1 ވަނަ : މިހްދާދު އަބުދުލްމަންނާން (ހއ. އޭއީސީ)
2 ވަނަ : އަލީ ޝާދިމް އަހުމަދެ (ހއ. އޭއީސީ)
3 ވަނަ : އަހުމަދު މާނިއު މުހައްމަ (އ ނައިވާދޫ ސްކޫލް)
ޖޫނިއާ ބީ ކެޓަގަރީގެ އަންހެން:
1 ވަނަ : މަރްޔަމް މީރާ އަޒްމީރު / ށ އަތޮޅު މަދަރުސާ
2 ވަނަ : ފާތިމަތު ނޫރާ / ށ އަތޮޅު މަދަރުސާ
3 ވަނަ : މަރްޔަމް މަލާކް މުހައްމަދު / އަފީފުއްދީން ސްކޫލް
3 ވަނަ : ފާތިމަތު ލާޔާ / ފުނަދޫ ސްކޫލް
3 ވަނަ : އައިމިނަތު ނައުހާ އަހުމަދު / ޝެއިހް އިބްރާހިމް ސްކޫލް
ސީނިއާ ފިރިހެން
1 ވަނަ : އަލީ ސާނީ ސައުދުﷲ (ހއ. އޭއީސީ)
2 ވަނަ : ޝާމިޙް އަހުމަދު ރަޝީދު (ހއ. އޭއީސީ)
3 ވަނަ : މުހައްމަދު ސަނީހް ހަސަން (ހއ. އޭއީސީ)
ތިލަދުންމަތީ އިންޓަ ސްކޫލް ތިންވަނަ ސްވިމިން މުބާރާތް ކުރިއަށް ގެންދިޔައީ ސްވިމިން އެސޯސިއޭޝަނާއި ކުޅުދުއްފުށީ ސިޓީ ކައުންސިލާ ގުޅިގެންނެވެ. މި މުބާރާތުގައި ސޯޅަ ސްކޫލަކުން 309 ދަރިވަރުން ވާދަކުރިއެވެ.
ހިޔާލު